ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2024/52
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 20 އޮކްޓޫބަރު 2024 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެންފުށީ ކައުންސިލް އަންހެނުންގެ ވޮލީ ބޯޅަ މުބާރާތް 2024

ފެންފުށީ ކައުންސިލް އަންހެނުންގެ ވޮލީ ބޯޅަ މުބާރާތް 2024

މިކައުންސިލުން އދ. ފެންފުށީ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ "ފެންފުށީ ކައުންސިލް އަންހެނުންގެ ވޮލީ ބޯޅަ މުބާރާތް 2024" 1 ނޮވެންބަރު 2024 ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި އިއުލާނާއެކު "ފެންފުށީ ކައުންސިލް އަންހެނުންގެ ވޮލީ ބޯޅަ މުބާރާތް 2024" މުބާރާތުގެ ހިންގާ ގަވާއިދު އާންމުކުރީމެވެ.  

ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދިލައްވާ އދ. ފެންފުށީގެ ވޮލީ ބޯޅަ ޓީމްތަކުން މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު 9 އޮކްޓޯބަރު 2024 ދުވަހު 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅުއްވާ ޓީމްތަކުން، ޓީމްލިސްޓް ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 20 އޮކްޓޯބަރ 2024 ދުވަހުގެ 13:00 ގެ ކުރިން މިކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް، ފޯމް ހުށަހެޅުމަށް ހުޅުވާލެވިފައިވާ މުއްދަތު ހަމަވުމަށްފަހު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެ ވާހަކަ ދަންނަވަމެވެ. 

30 ސެޕްޓެންބަރު 2024