ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426/426/2024/393
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 16:11
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ މީދޫ އަވަށުން ގޯތި ލިބުނު ފަރާތްތަކުގެތެރެއިން، ގޯތިދޫކުރާ ޞަރަޙައްދަށް ބަދަލުގެނެވުނު ފަރާތްތަކުގެ މެދުގައި ޕްލޮޓްތަކަށް ގުރު ނެގުމާގުޅޭ

އިޢުލާން

އައްޑޫސިޓީ މީދޫ އަވަށުން ގޯތި ލިބުނު ފަރާތްތަކުގެތެރެއިން، ގޯތިދޫކުރާ ޞަރަޙައްދަށް ބަދަލުގެނެވުނު ފަރާތްތަކުގެ މެދުގައި ޕްލޮޓްތަކަށް ގުރު ނެގުމާގުޅޭ

އައްޑޫސިޓީ ކައުންސިލްގެ ނަންބަރު (IUL)426-AE/426/2024/62 (05 ފެބްރުވަރީ 2024) އިޢުލާނުން އާންމުކޮށްފައިވާ މީދޫ އިން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެ ކެޓެގަރީ A ގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބިފައިވާ 92 ފަރާތާއި އަދި ކެޓެގަރީ  Bގައި ހިމެނިފައިވާ ފަރާތްތަކުގެ މެދުގައި 2024 ފެބްރުވަރީ 7 ވީ ބުދަ ދުވަހު ގުރުނެގުމަށްފަހު، ގޯތި ދޫކުރުމަށް ހަމަޖެހުނު ޞަރަޙައްދަށް ގެނެވުނު ބަދަލާއި ގުޅިގެން، ބަދަލު ގެނެވުނު ތިރީގައި މިދަންނަވާ ގުރުނަންބަރު ލިބިފައިވާ ފަރާތްތަކުގެ މެދުގައި ޕްލޮޓް ނަންބަރުތަކަށް ގުރުއަތު ނެގުން 2024 އޮކްޓޯބަރ 02 ވާ ބުދަދުވަހުގެ 16:00 ގައި އިސްލާމިކް ޔުނިވަރސިޓީގެ އައްޑޫ ލާރނިންގ ސެންޓަރ (ކުރީގެ ޝަމްސުއްދީންސްކޫލް) ގެ ހޯލުގައި އޮންނާނެއެވެ.


ވީމާ، މިދެންނެވި ފަރާތްތަކުން ގުރުއަތު ނެންގެވުމަށް އިސްލާމިކް ޔުނިވަރސިޓީގެ އައްޑޫ ލާރނިންގ ސެންޓަރަށް 2024 އޮކްޓޯބަރ 02 ވާ ބުދަދުވަހުގެ 16:00 އަށް ވަޑައިގެން ދެއްވުމަށް ދަންނަވަމެވެ. ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ މުއްދަތުހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ގުރުއަތު ނެންގެވުމަށް އެއްވެސް ފަރާތަކުން ޙާޟިރުވެނެތްނަމަ އެފަރާތެއްގެ ބަދަލުގައި ގުރު ނެގުމަށް އަވަށު އޮފީހުން ކަނޑައަޅާފަރާތެއް ހަމަޖެއްސޭނެއެވެ.

 

27 ރަބީޢުލްއައްވަލް 1446

30 ސެޕްޓެމްބަރ 2024

30 ސެޕްޓެންބަރު 2024