ދެންނެވުން
ނަންބަރު: (IUL)113-PD/1/2024/143
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 05 އޮކްޓޫބަރު 2024 15:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ކަސްޓަމްސް ބްރޯކަރ ސާވިސް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކުންފުނީގެ ބޭނުމަށް ޓްރާންސް ޝިޕްމެންޓްގެ ހިދުމަތާއި ގުޅޭ ހުރިހާ މަސައްކަތް، 01 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށް ދޭނެ ފަރާތެއް ހޯދުމަށް ކޮއްފައިވާ ޢިއުލާން ނަންބަރު (IUL)113-PD/1/2024/137 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ ޢިއުލާން ބާތިލުކޮށް އަލުން ޢިއުލާނު ކުުރީމެވެ.  

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މަޢުލޫމާތު ސާފުކުރުމާއި ރަޖިސްޓްރޭޝަން 

 

05 އޮކްޓޯބަރ 2024 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފިލްކުރުން.

މަޢުލޫމާތު ބައްދަލުވުން 07 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހުގައި.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑް އޮފީހަށް ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039256 އަށެވެ.

30 ސެޕްޓެންބަރު 2024