ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2024/63
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 31 އޮކްޓޫބަރު 2024 12:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ފިޔޯރީއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

ގދ.ފިޔޯރީއިން ދިރިއުޅުމަށް 2000 އަކަފޫޓުގެ 71 އަދި ގޯތި 4000 އަކަފޫޓުގެ 4 ގޯތި ޖުމްލަ 75 ގޯތި ދޫކުރުމަށް ނިންމާ،  ގޯތި ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

ގދ.ފިޔޯރީއިން ބަންޑާރަ ގޯތި ދޫކުރުމަށް އެދޭ ފޯމް ބަލައިގަތުން ކުރިއަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

  • ފޯމު ދޫކުރުން: 2024 އޮކްޓޯބަރ 1 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި ކައުންސިލް އިދާރާއިން.
  • ފޯމު ބަލައިގަތުން: 2024 އޮކްޓޯބަރ 6 ވާ އާދީއްތަ ދުވަހުން ފެށިގެން 2024 އޮކްޓޯބަރ 31 ވާ ބްރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00އަށެވެ.

މި އިޢުލާނާއެކު ގދ.ފިޔޯރީއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލާއި، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު އަންގައިދޭ ޗާޓް އަދި ގދ.ފިޔޯރީއިން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯއްޗަށްއެދޭ ފޯމު ޝާއިޢު ކުރީމެވެ. ގޯތި ދޫކުރުމަށް އަމަލުކުރާނެ އުސޫލުގައި ގޯއްޗަށްއެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް، ގޯއްޗަށްއެދޭ ފަރާތްތަކަށް ޕޮއިންޓު ދިނުމުގެ މިންގަނޑު ހިމެނިފައިވާނެއެވެ. ހަމަމިއާއެކު ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިއުންތައް ފޯމުގައި ބަޔާންކުރެވިފައިވާނެއެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

30 ސެޕްޓެންބަރު 2024