މުބާރާތް
ނަންބަރު: (IUL)248-ESMSED/248/2024/109
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 05 އޮކްޓޫބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024 ގައި ބައިވެރިވުމަށް ހުޅުވާލުން

                                      ޢިއުލާން

ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024 ގައި ބައިވެރިވުމަށް ހުޅުވާލުން

މި ކޮމެޓީއިން ބޭއްވުމަށް ނިންމާފައިވާ " ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024"، 2024 އޮކްޓޫބަރ 15 ވާ އަންގާރަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫ އަށް ނިސްބަތްވާ ޓީމްތަކަށާއި މި ކޮމެޓީއިން މުބާރާތުގައި ބައިވެރިވުމަށް ދައުވަތު އެރުވޭ ރަށު ކައުންސިލް/ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކަމުގައިވެސް ދަންނަވަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމްތަކުން 05 އޮކްޓޫބަރ 2024 ވާ  ހޮނިހިރު  ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުން އެދެމެވެ. ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ހުށަހަޅާ ފޯމް  މިއިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކް ތިރީގައި އެވަނީއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/QQ21LK4WQW

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏                                27‏ ރަބީޢުލްއައްވަލް‏ 1446

30 ސެޕްޓެންބަރު 2024