މަސައްކަތް
ނަންބަރު: (IUL)319/319/2024/51
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި:
09 އޮކްޓޫބަރު 2024 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްވަރިޒަމްޒޯނަށް ދިއުމަށް ހަދާ މަގުގެ މިހާރު ސާފުނުކޮށްވާ ބައި ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ-ދެވަނަ އިޢުލާން
ބ.މާޅޮހު ޓްވަރިޒަމްޒޯނަށް ދިއުމަށް ހަދާ މަގުގެ މިހާރު ސާފުނުކޮށްވާ ބައި ސާފުކޮށްދޭނެފަރާތެއް ހޯދަން ކުރެވުނު އިޢުލާން ނަންބަރު: (IUL)319/319/2024/49 އާއި ގުޅިގެން ދީފައިވާ މަޢުލޫމާތަކަށް ބައެއް ބަދަލުތައް ގެނެވިފައި ވާތީ އިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ ތިރީގައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން
|
- މިމަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 އޮކްޓޯބަރ 06 ވާ އާދިއްތަދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ރަޖިސްޓްރީކުރައްވާނީ ކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކޮށް ނުވަތަ މިކައުންސިލްގެ އީމެއިލް އެޑްރެސް:([email protected]) އަށް ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރައްވައިގެންނެވެ.
|
މައުލޫމާތު ދިނުން
|
- މި މަސައްކަތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2024 އޮކްޓޯބަރ 06 ވާ އާދިއްތަދުވަހުގެ 11:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
- މައުލޫމާތު ސާފުނުކުރުއްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދަންނަވެމެ.
|
އަގު ހުށަހެޅުން
|
- އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2024 އޮކްޓޯބަރ 09 ވާ ބުދަދުވަހު 11:00ގައި ބ.މާޅޮހު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގު ޝީޓު ފުރިހަމަކޮށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އޮންލައިންކޮށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ވަގުތުގެ 10 މިނެޓް ކުރިން މި އިދާރާގެ ޕްރޮކިއުމަންޓް މެއިލް އަށް؛ [email protected])) މެއިލް ކުރައްވައިގެންނެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ވަޑައިގަންނަވާނަމަ އެކަންބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ނުވަތަ ފޮނުވާ ފަރާތުގެ މަޢުލޫމާތު(ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރު) ބައްދަލުވުން ފެށުމުގެ 15 މިނެޓު ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
|
މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު
|
- މަސައްކަތައް ހުށަހަޅާ އަގު %90
- މަސައްކަތައް ހުށަހަޅާ މުއްދަތު % 10
|
އިތުރު މައުލޫމާތު
|
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް މި އިދާރާގެ ނަންބަރު 4006020 / 9555951 އަށް ގުޅުއްވުމަށް ދަންނަވަމެވެ.
|