ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2024/195
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:18
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅަށް ކުނިއެޅުމާއި ގުޅޭ

އިޢުލާން

            މިހާރަކަށް އައިސް ފަޅަށް ދަޅު، ފުޅި އަދި ޕްލާސްޓިކް ފަދަތަކެތި އާންމުކޮށް އުކާލާކަން ފާހަގަކުރެވެއެވެ. މިއީ ކަނޑައެޅިގެން މަނާކަމަކަށް ވީހިނދު މިކަންކަން ކުރާފަރާތްތަކަށް އިތުރު އެންގުމަކާއި ނުލައި ޤާނޫނީ ފިޔަވަޅު އެޅޭނެކަން ހަނދާންކޮށްދެމެވެ. ބަނދަރު ސަރަހައްދަކީ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް އަންނަ ފަރާތްތަކުން ބޭނުންކުރާ ތަނަކަށް ވުމުން މިތަންތަން ސާފުތާހިރުކޮށް އަދި ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެންމެންގެ ޒިންމާއެކެވެ.  އަދި މިފަދަ ކަންކަމުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަކީ ފޫނުބެދޭ ފަދަތަ ބޮޑެތި ގެއްލުން ލިބޭކަންކަމެވެ. ވީމާ، ޤަވާއިދާ ހިލާފަށް ކުނި އުކާ ފަރާތްތަށް މި އިދާރަށްއަށް ރިޕޯޓްކޮށް ދެއްވުމަށް ދަންނަވަމެވެ. މިފަދަ ކަންކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް އިޚުލާސްތެރިކަމާއިއެކު ޝުކުރުދަންނަވަމެވެ.  

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

          27 ރަބީޢުލްއައްވަލް  1446 

          30 ސެޕްޓެމްބަރ    2024       

                

30 ސެޕްޓެންބަރު 2024