ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2015/320
ޕަބްލިޝްކުރި ތާރީޚް: 17 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 08:24
ސުންގަޑި: 01 ޖުލައި 2015 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް މެނޭޖަރުން ބޭނުންވެއްޖެ

އިޢުލާން

ކެމްޕަސް މެނޭޖަރުން ބޭނުންވެއްޖެ:

ބޭނުންވާ އަދަދު:  2 (ދޭއް)

މަސައްކަތް ކުރަންޖެހޭ ތަން:  ހިތަދޫ ކެމްޕަސް، އައްޑު އަތޮޅު / ލ. ގަން ކެމްޕަސް   

މަސައްކަތުގެ ބާވަތް:  އިދާރީ

މަހު އުޖޫރަ:  18,125.00 ރުފިޔާ

ދާއިމ ީވަޒީފާއަކަށް ނުވާތީ ދޭ ޓެނުއަރޝިޕް އެލަވަންސް:  މަހަކު 5,000.00 ރުފިޔާ

އިތުރުގަޑީގެފައިސާ:  ޓެނުއަރޝިޕް ތެރޭގައި ހިމަނާފައި

ފޯނު އެލަވަންސް:  500.00 ރުފިޔާ

ވަޒީފާގެ މުއްދަތު:  ޢައްޔަނުކުރާ ދުވަހުން ފެށިގެން 5 އަހަރު ދުވަސް

ކުރިމަތިލާ ފަރާތުގައި ހުންނަންޖެހޭ އެންމެ ދަށް ތަޢުލީމާއި ތަޖުރިބާ:

  • ބެޗްލަރ ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ، ގުޅޭ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
  • މެނެޖްމަންޓް ތަޖުރިބާއާއި ނުވަތަ ޚާއްޞަ ހުނަރުތައް އެނގުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަށް އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ސިޓީ ފޮނުވަންވީ ތާރީޚު:

1 ޖުލައިި 2015 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން: ހިތަދޫ ކެމްޕަސް، އައްޑު އަތޮޅު / ލ. ގަން ކެމްޕަސް އަށް. 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާންގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓި ފޮނުވޭނީ އިންޓަވިޔުކޮށް ނިމުމަށްފަހުގައެވެ.

 އިތުރު މަޢުލޫމާތު:

http://mnu.edu.mv/index.php/current-staff/14-staff/current-staff/299

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3344093 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.  

 30 ޝަޢުބާން 1436

17 ޖޫން 2015