މަޤާމުގެ މަސްއޫލިއްޔަތު:
|
- މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ކޮމްޕިއުޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
- މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ލެޕްޓޮޕްތައް ދިމާވާ އެންމެހައި މަސައްލަތައް ރަނގަޅުކޮށް ޙައްލުކުރުން.
- މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ނެޓްވޯކް ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
- މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ލޭޒާ ޕްރިންޓަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
- މަރުކަޒީ އިދާރާގައި ބޭނުންކުރާ ޑެސްކްޓޮޕް، އެޗް. ޕީ ޕްރިންޓަރުތަކަށް ދިވާމާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
- މަރުކަޒީ އިދާރާގައި ބޭނުންކުރާ ހުރިހާ ސްކޭނަރުތަކަށް ދިމާވާ އެންމެހައި މައްސަލަތައް ރަނގަޅުކޮށް ޙައްލުކުރުން.
- ކޮމްޕިއުޓަރ ފޯމެޓްކޮށް ހަދަންޖެހޭ ޙާލަތްތަކުގައި ފޯމެޓްކޮށް ފަންކްޝަންކުރުން.
- ވައިރަސް ކްލީންކޮށް ޔުނިވަރސިޓީން ގެންގުޅޭ އުޞޫލުތަކާ އެއްގޮތަށް ބެލެހެއްޓުން.
- މަރުކަޒީ އިދާރާގެ އެތެރޭގެ ނެޓުވާރކަށް ދިމާވާ މައްސަލަތައް ރަނގަޅުކުރުމާއި، އެތެރޭގެ ތަނަކަށް ނެޓްވާރކް ޕޮއިންޓެއް އަޅަންޖެހިއްޖެ ޙާލަތްތަކުގައި އެޅުން.
- މެއިން ނެޓްވާރކަށް މައްސަލައެއް ދިމާވެއްޖެނަމަ، ޔުނިވަރސިޓީގެ އެކަމެއް ރަނގަޅުކުރުން.
- މެއިން ނެޓްވަރކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
- ޔުނިވަރސިޓީގެ ސަރވަރތައް އަޕްގްރޭޑްކުރުމާއި މެއިންޓެއިންކުރުން.
- ޕެޗުކޭބަލެއް ސްވިޗެއް، ޕޭސްޕްލެޓެއްގައި މައްސަލައެއް ދިމާވެއްޖެނަމް ރަނގަޅުކުރުން.
- ޚާއްޞަ ސޮފްޓްވެއަރއެއް އަޅާފައި ހުންނަ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަ ޙައްލުކުރުން.
- އެހެނިހެން ފެކަލްޓީތަކަށް އެހީތެރިކަން ބޭނުވެއްޖެ ހިނދެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހުން ހަމަޖައްސާ ގޮތެއްގެމަތިން އިތުރުގަޑީގެ މަސައްކަތް ކުރުން.
- މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން، އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.
- އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2015 ޖޫން 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަންބަރު ފޯނާއެވެ.
|
30 ޝަޢުބާން 1436
|