ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2024/85
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:43
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު މިސްކިތް (މަސްޖިދުލް ރިޟްވާން) މަރާމާތުކުރުމާއި ގުޅޭ:

                                                    (IUL)307/INDIV/2024/85:ނަންބަރު

މިރަށު ބަނދަރު މިސްކިތް( މަސްޖިދުލް ރިޟްވާން) ގެ އެތެރޭގެ ސީލިންގ މަރާމާތުކުރުމަށްޓަކައި މިއަދުން ފެށިގެން މަސައްކަތް ނިމެންދެން މިސްކިތުގެ އެތެރެ ބަންދުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަދި މިސްކިތުގެ މަރާމާތުގެ މަސައްކަތް ނިމި އަލުން ބޭނުން ކުރެވެންދެން، މިސްކިތުގެ ދެކުނު ފަރާތުގައި ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ސެޕްޓެންބަރު 2024