މަސައްކަތް
ނަންބަރު: HPL/PRC/I-2024/15
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 01 އޮކްޓޫބަރު 2024 09:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބަނދަރަށް އަންނަން ހަމަޖެހިފައިވާ " އެމް.ވީ ސިތާ " އިން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން

މިކުންފުނީގެ ބަނދަރަށް އަންނަން ހަމަޖެހިފައިވާ " އެމް.ވީ ސިތާ " އިން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.                    

  

މިކުންފުނީގެ ބަނދަރަށް  01 އޮކްޓޯބަރ  2024 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ " އެމް.ވީ ސިތާ " ބޯޓުންމުދާބޭލުމަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ  15:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 އޮކްޓޯބަރ  2024 ވާ އަންގާރަ ދުވަހުގެ 09:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

      މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6888558 އާ ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2024