ދިވެހިރާއްޖެ
މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ މަގުތަކަށް އަރާފައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. އެބިމުގައި ވާ ރުއްގަހުގައި މިކައުންސިލުން ވާނީ ދަވާދުން ނަންބަރު ޖަހާފައެވެ. ނަންބަރު ޖަހާފާވާގޮތުގެ ތަފްޞީލް ތިރީގައި މި ވަނީއެވެ.
# |
ސަރަހައްދު |
ނަންބަރު |
ކުލަ |
1 |
ސިއްޙީ މަރުކަޒު އުތުރުން ވިލްރޯސްގޭ ދެކުނު އިރުން ހުޅަނގަށް ދާ މަގު |
1 ން 61 އަށް |
ރަތް އަދި އަޅި ކުލައިގެ ދަވާދުން |
2 |
ދީފްރަމްގޭ އިބްރާހީމް ރަޝީދު ގޯތީގެ އުތުރު މަގުން |
1 ން 14 އަށް |
ރަތް ކުލައިގެ ދަވާދުން |
3 |
އަމާޒް ގޯތީގެ އުތުރު މަގުން |
1 ން 9 އަށް |
ރަތް ދަވާދުން |
4 |
ކޯޓް އިރުން އުތުރަށްދާ މަގު |
1A ން 147A އަށް |
ރަތް/ ފެހި ދަވާދުން |
5 |
ކޯޓް ހުޅަނގު މަގު |
B1 ން B97 އަށް |
ރަތް/ ފެހި ދަވާދުން |
6 |
އިންޖީނުގޭ އިރުން ދެކުނަށްދާ ބޮޑު މަގު |
C1 ން C221އަށް |
ރަތް/ ފެހި ދަވާދުން |
7 |
ހިތަށްފިނިވާ މަގު އިރުމަތި |
D1 ން D26 އަށް |
ރަތް ދަވާދުން |
8 |
ޢީދުކުޅޭ މަގު އިރުމަތި |
E1 ން E57 އަށް |
ރަތް ދަވާދުން |
9 |
ދުވާފަރު މަގު އިރުމަތި |
F1 ން F32 އަށް |
ރަތް ދަވާދުން |
10 |
ގަހާ ގެ އުތުރު މަގު |
G1 ން G20 އަށް |
ރަތް ދަވާދުން |
11 |
ޖަންބުގެ ދެކުނު މަގު |
1 ން 23 އަށް |
ރަތް ދަވާދުން |
ވީމާ މި ނަންބަރުތައްޖަހާފައިވާ ރުއްގަހުގެ ވެރިން އެރުއްގަހުގައި މިކައުންސިލުން ޖަހާފައިވާ ނަންބަރާއެކު 17 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި ކައުންސިލް އިދާރާއަށް ދުރުވެ ރުއްގަހުގެ މަޢުލޫމާތު ދެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.
27 ރަބީޢުލްއައްވަލް 1446