މުބާރާތް
ނަންބަރު: (IUL)305-CA305/305/2024/102
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:04
ސުންގަޑި: 13 އޮކްޓޫބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ މޮނިއުމަންޓް ފަރުމާކުރުމަށް ހުޅުވާލުން

ރަށުގެ މޮނިއުމަންޓް ފަރުމާކުރުމަށް ހުޅުވާލާ 25 ސެޕްޓެމްބަރ 2024 ގައި ކުރެވުނު އިޢުލާން ނަންބަރު: (IUL)305/305/2024/95 ގައި މައްސަލައެއް އުޅޭތީ އެ އިއުލާން ބާތިލްކޮށް މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކުރަމެވެ.

ރ. މާކުރަތު ރަމްޒުކޮށްދިނުމަށް މޮނިއުމަންޓް ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ފުރުޞަތުގައި ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން 1 ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10،000.00 (ދިހަހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާ ވާހަކަ ދެންނެވީމެވެ. މޮނިއުމަންޓް ފަރުމާކޮށް " ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މައުލޫމާތު ކަރުދާސް" ގައިވާ ގޮތަށެވެ.

 

ވީމާ، ރަށުގެ މޮނިއުމަންޓް ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ފަރުމާކޮށްފައިވާ ޑިޒަން އީމެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރައަށް ހުށަހެޅުއްވުން އެދެމެވެ. ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މައުލޫމާތު ކަރުދާސް މި އިއުލާނާއެކު އާންމުކުރީމެވެ.

 

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

29 ސެޕްޓެންބަރު 2024