މުބާރާތް
ނަންބަރު: (IUL)399-EDS/399/2024/98
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:02
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގަމު ފުޓްބޯޅަ މުބާރާތް 2024" ގައި ބައިވެރިވުމާއި، ހޮސްޓްކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

"ގަމު ފުޓްބޯޅަ މުބާރާތް 2024" އާއި ގުޅޭ:

މި ކައުންސިލުން މުޅި އަތޮޅަށް ހުޅުވާލެވިގެން 11 ނޮވެންބަރ 2024 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ގަމު ފުޓްބޯޅަ މުބާރާތް 2024" ގައި ބައިވެރިވުމަށާއި، އަދި މުބާރާތް ހޮސްޓް ކުރުމަށް ޝައުޤުވެރިކަން ހުރި ލ.އަތޮޅުގެ ޖަމިއްޔާތަކަށް އެ ފުރުޝަތު މިވަނީ ހުޅުވާލެވިފައެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ލ.އަތޮޅުގެ ރައްރަށުން އެކަމަށް އެދޭފޯމް ފުރުއްވުމަށްފަހު، 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ. އަދި ހޯސްޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރުއްވުމަށްފަހު 06 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހަޅުއްވާ، ތިރީގައިވާ ޝެޑިއުލްއާއި އެއްގޮތަށް މިއިދާރާއަށް ހާޒިރުވެ، މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ޕޮރަޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

#

ތަފްސީލް

ތާރީޙް

ގަޑި

1

ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއި އެކު ބޭއްވޭ މީޓިން

07 އޮކްޓޯބަރ 2024

10:30

2

ހޮސްޓްކުރާ ފަރާތްތަކުން އެފަރާތުގެ ޕްރޮޕޯޝަލް ހުށަހެޅުން

10 އޮކްޓޯބަރ 2024

10:30

މުބާރާތް ހޮސްޓް ކުރުމަށް: https://forms.gle/89HmXXHF5avuQv1Z6

މުބާރާތުގައި ބައިވެރިވުމަށް: https://forms.gle/TgMfW7ERNV7YSkqf8

29 ސެޕްޓެންބަރު 2024