ބީލަން
ނަންބަރު: (IUL)381-C/381/2024/15
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 06 އޮކްޓޫބަރު 2024 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރުން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ތަކެތި ގަނެ ސަޕްލައިކޮށްދިނުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު:

     

 

ކުޑަހުވަދޫ ބަނދަރު ކަރަންޓަށް ބޭނުންވާ ތަކެތި ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި ގަނެ ސަޕްލައިކޮށް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
  • ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 29 ސެޕްޓެމްބަރު 2024 އިން 06 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން އޮންލައިންކޮށް ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
  • އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ސްލިޕް ވައިބަރ ކުރާއިރު، ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
  • މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން އިއުލާން ގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  • އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 13 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.

- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ

- އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

- ފޯން : 6761012

- އީމެއިލް:  [email protected]

29 ސެޕްޓެންބަރު 2024