ކުއްޔަށް ދިނުން
ނަންބަރު: C-422/2015/16
ޕަބްލިޝްކުރި ތާރީޚް: 10 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 14:14
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގދ.ފިޔޯރީން ގެސްޓްހައުސް ހިންގުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމާ ބެހޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ގދ.ފިޔޯރީން ގެސްޓްހައުސް ހިންގުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ 30000 އަކަފޫޓުގެ ބިން، 10 އަހަރަށް ކުއްޔަށް ހިފަން ޝައުޤުވެރިކަންހުރި އަމިއްލަ ފަރުދުންނާއި ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރަޖިސްޓަރީކުރެވިފައިވާ ދިވެހި އަދި ރާއްޖެއިން ބޭރު ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ބޭރު ކުންފުނިތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 282, 73.5, 287.9, 140 ފޫޓު (30000 އަކަފޫޓު) ބިމެކެވެ.
- ގދ.ފިޔޯރީގައި ގެސްޓްހައުސް (ގެސްޓުން ތިބޭގެ ފަތުރުވެރިންނަށް ޚިދުމަތް ދޭ ޢިމާރާތް) ހިންގުމަށް ދޫކުރެވޭ ބިމުގައި ޢިމާރާތްކޮށް ހިންގަންވާނީ ބީލަން ކާމިޔާބުކުރާ ފަރާތްތަކާއި މިއިދާރާއާ ދެމެދު ވެވޭ އެއްބަސްވުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
- ބީލަން ހުށަހެޅުމާބެހޭ ލިޔުންތައް ހިމެނޭ ފޮތް 11.06.2015 ވާ ބުރާސްފަތި ދުވަހުން ފެށިގެން 25.06.2015 ވާ ބުރާސްފަތި ދުވަހުގެ 2:00 ގެ ނިޔަލަށް ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ފޮތެއްގެ އަގަކީ -/300ރ.(ތިންސަތޭކަ ރުފިޔާ) އެވެ.
- އެއްފަރާތަކަށް ކިތަންމެ ގިނަ ފަރާތްތަކެއްގެ ނަމުގައި ވެސް ފޮތް ބައްލަވައިގަނެވިދާނެއެވެ. ނަމަވެސް ބީލަން ހުށަހެޅުއްވޭނީ ފޮތް ބައްލަވައިގަތުމުގައި ބީލަން ހުށަހަޅުއްވާ ފަރާތްކަމަށް ބަޔާންކުރައްވާފައިވާ ފަރާތުގެ ނަމުގައެވެ. އަދި މިގޮތަށް ފޮތް ބައްލަވައިގަންނަވާނަމަ ބީލަން ހުށަހަޅުއްވާ ފަރާތުގެ އިތުރުން ފޮތް ބައްލަވައިގަންނަވާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު ދެއްވަންވާނެއެވެ. އަދި ވިއްކުމުގެ ސުންގަޑިއާ ހަމައަށް ބައްލަވައިގެންފައިވާ ފޮތެއް އެހެން ފަރާތެއްގެ ނަމަށް ބަދަލުކުރުމަށް އެދި ބީލަން ހުށަހަޅަން ބަޔާންކޮށްފައިވާ ފަރާތުން ލިޔުމަކުން ހުށަހެޅިދާނެއެވެ. މިގޮތަށް އެދިލެއްވުމުން އެކަން މިއިދާރާއިން ޤަބޫލުކޮށް އެދިލައްވާފައިވާ ފަރާތުގެ ނަމަށް ފޮތް ބަދަލުކުރުމަށްފަހު، ކުރިން ބީލަން ހުށަހަޅަން ނިންމާފައިވާ ފަރާތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ.
- ފޮތް ބައްލަވައިގަތުމަށްފަހު އެ ފޮތް އަލުން ފައިސާއަށް ބަދަލު ނުކުރެވޭނެއެވެ.
- ބީލަން ތައްޔާރުކުރުމާއި، ބީލަން ހުށަހެޅުއްވުމާބެހޭ މަޢުލޫމާތު ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- ބީލަން ހުށަހަޅުއްވާނީ 16.07.2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާއަށެވެ. 16.07.2015 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ފަހުން ހުށަހެޅޭ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެއެވެ.
- ބީލަން ހުޅުވުން އޮންނާނީ 16.07.2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ގދ. ފިޔޯރީ ކައުންސިލްގެ އިދާރާގައެވެ.
- މި ބީލަމާ ގުޅިގެން މިއިދާރާއިން އިތުރު މަޢުލޫމާތެއް ނުވަތަ ބީލަންފޮތުގައި ބަޔާންކޮށްފައިވާ މަޢުލޫމާތަށް އުނި އިތުރެއް ގެންނަން ޖެހިއްޖެ ހާލަތެއްގައި، ބީލަން ފޮތް ބައްލަވައިގެންފައިވާ ހުރިހާ ފަރާތްތަކަށް ލިޔުމަކުން ލިބޭނެއެވެ.
23 ޝަޢުބާން 1436
10 ޖޫން 2015