ބީލަން
ނަންބަރު: No: IU/HB/2024/8
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:12
ސުންގަޑި: 06 އޮކްޓޫބަރު 2024 00:00
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ހޭންޑްބޯޅަ ދަނޑު ހިޔާކުރުން - ބީލަން ހުށަހެޅުމުގެ ދައުވަތު

 މާލޭގެ 355 ނަމްބަރ ކޮށީގައި (1 ނަމްބަރ ކުނި ކޮށީގެ އިރުން ) ވާ މިއެސޯސިއޭޝަނުގެ ހޭންޑްބޯޅަ ދަނޑު، ކޮންޓްރެކްޓަރ ފައިނާންސްގެ އުސޫލުން ހިޔާކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެހެންކަމުން، މިކަމަކަށް ޝައުޤުވެރިވާ އެންމެހައި ފަރާތްތަކުން 06 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހު 14:30 އަށް، ޤައުމީ ހޭންޑްބޯލް ދަނޑުގައިވާ ހޭންޑްބޯޅަ އޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 ބީލަން ހުޅުވުން އޮންނާނީ ، 20 އޮކްޓޯބަރ 2024  ވާ އާދީއްތަ ދުވަހު 14:00 ގައި  ޤައުމީ ހޭންޑްބޯލް ދަނޑުގައިވާ ހޭންޑްބޯޅަ އޮފީހުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. އަދި ހުރިހައި ބީލަމެއްގައިވެސް، އެބީލަމެއްގައި ހިމެނޭ އެންމެހައި ކަރުދާހުގައި ޞަފްހާ ނަންބަރު ދެވިފައި ހުންނާންވާނެއެވެ.

މި މަސައްކަތައް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތީންނެވެ. އަދި މަސައްކަތާއި ގުޅޭ އެންމެހައި މައުލޫމާތު އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި، އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ  މައުލޫމާތު ސާފުކުރުމަށް ދުރުވާ ފަރާތްތަކާއި ހިއްސާކުރެވިގެންދާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2024