ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B2/422/2024/62
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 06 އޮކްޓޫބަރު 2024 00:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކޭމްޕެއް ހިންގައިދޭނެ ޖަމިއްޔާއެއް ހޯދުމާއި ގުޅޭ

                   ވޮލީ ކުޅުމަށް ޝައުގުވެރިވާ ޒުވާނުންނަށް އަމާޒުކޮށްގެން ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދާއެކު ތަމްރީނު ލިބޭނެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގައި ކައުންސިލުން އިސްނަގައިގެން 20 ދުވަހުގެ ވޮލީ ކޭމްޕެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

                  ވީމާ، މިކަމަށް ޝައުގުވެރިވާ ކުލަބް ޖަމިއްޔާ ޖަމާތްތަކުން 2024 އޮކްޓޯބަރ 6 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މި އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުންއެދެމެވެ.

ޕްރޮޕޯސަލަށް މާރކްސް ދެވޭނެ ގޮތް:

ޖަމިއްޔާއިން ކުރާ ޚަރަދަށް

60 މާރކްސް

ތަޖުރިބާއަށް

40 މާރކްސް

                         މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2024