މަސައްކަތް
ނަންބަރު: (IUL)285/285/2024/68
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 29 ސެޕްޓެންބަރު 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ހެނބަދޫ ޑިންގީ ޖެޓީގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ

 

 

އިޢުލާން

ނ.ހެނބަދޫ ޑިންގީ ޖެޓީގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރުމާއި ގުޅޭ

          ނ.ހެނބަދޫ ކައުންސިލްގެ އިޢުލާން ނަންބަރ (IUL)285/285/2024/66އާ ގުޅިގެން އެކަށީގެންވާވަރަށް އެސްޓިމޭޓްހުށަހަޅާފައިނުވާތީ، އިޢުލާން ބާޠިލްކޮށް އަލުން މި މަސައްކަތްކުރުމަށް އިޢުލާންކުރަމެވެ.   ހެނބަދޫ ޑިންގީ ޖެޓީގައި ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 އޮކްޓޫބަރ 2024  ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 06 އޮކްޓޫބަރ 2024 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.    

            މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިޢިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ރަބީޢުލްއައްވަލް 1446

29 ސެޕްޓެންބަރ 2024

 

 

                                                   އިލްޔާސް އިބްރާހީމް

                                                           ހެނބަދޫ ކައުންސިލުގެ ނައިބު ރައީސް

 

 

29 ސެޕްޓެންބަރު 2024