ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)138-IMS1/138/2015/34
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 21 ޖޫން 2015 15:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިންކުއަރީ އެންޑް އިންވެސްޓިގޭޝަން ކޮމެޓީއަށް އާކިޓެކްޓަކާއި އިންޖީނިއަރަކު ހޯދުމަށް

ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތްކުރާ، މި މިނިސްޓްރީގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކާ ގުޅޭގޮތުން މި މިނިސްޓްރީއަށް ހުށަހެޅޭ އެކިއެކި މައްސަލަތައް ބެލުމަށްޓަކައި އިންކުއަރީ އެންޑް އިންވެސްޓިގޭޝަން ކޮމެޓީއެއް އެކުލަވާލަން ބޭނުންވެއެވެ. އަދި މިކޮމެޓީގައި 01 އާރކިޓެކްޓާއި 01 އިންޖީނިއަރެއް ހިމަނަން ބޭނުންވެއެވެ.

ވީމާ، މިކޮމެޓީގައި ހިމެނިވަޑައިގަންނަވަން ބޭނުންފުޅުވާ އާރކިޓެކްޓުންނާއި އިންޖީނިއަރުން 21 ޖޫން 2015 އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] އަށް ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ނަންބަރު އެނގޭނެހެން މެއިލް ކޮށްދެއްވުން އެދި ދަންނަވަމެވެ. އަދި ދަންނަވަމެވެ. މިއިން ކޮންމެ ދާއިރާއަކުން އެކަކަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅުއްވާފައިވާނަމަ ބޭފުޅަކު ހޮވާނީ ވޯޓު ދީގެން އެންމެގިނަ ވޯޓު ލިބޭ ފަރާތެއް ކަމުގައިވެސް ދެންނެވީމެވެ.

24 ޝަޢުބާން 1436

11 ޖޫން 2015