ބީލަން
ނަންބަރު: (IUL)251-CA/251/2024/125
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 18:02
ސުންގަޑި: 03 އޮކްޓޫބަރު 2024 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ ކަންކަން އިންތިޒާމް ކުރުން

އަންނަ އަހަރު މާލޭގައި ބާއްވާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުޓްސަލްޓީމު މެނޭޖުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި އިދާރާގެ ނަންބަރު: (IUL)251-CA/251/2024/121 (13 ސެޕްޓެންބަރު 2024) ގެ ޢިޢުލާނުގައިވާ މަޢުލޫމާތު އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާތީ، އެ އިޢުލާނު ބާޠިލް ކޮށްފީމެވެ.

އަދި އަންނަ އަހަރު މާލޭގައި ބާއްވާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް، މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު ފުޓްސަލްޓީމު މެނޭޖުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 3 އޮކްޓޯބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރެވޭނީ މި ކައުންސިލްގެ ކައުންޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް ހުށަހަޅައިގެން ނުވަތަ މި ކައުންސިލްގެ މެއިލް [email protected] އަށ ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ކުރާ ފޯމް  މެއިލްކޮށްގެންނެވެ. މި މަސައްކަތް ޙަވާލުކުރާނީ ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހަޅާ ފަރާތަކަށެވެ.

ޕްރޮޕޯސަލް ހުށަހަޅާ ބައްދަލުވުން އޮންނާނީ 6 އޮކްޓޯބަރު 2024 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކާއި ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯސަލްތައް ބަލައިނުގަނެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2024