ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-D/1/2015/83
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 12:31
ސުންގަޑި: 14 ޖުލައި 2015 13:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1436 ވަނައަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާބެހޭ

4 ރަމަޟާން 1436 ވާ އާދީއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1436 (14 ޖުލައި 2015) ވާ އަންގާރަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ވިލިމާލެއާއި، އައްޑޫސިޓީ ކައުންސިލާއި، ރަށްރަށުގެ ރަށުކައުންސިލްގެ އިދާރާތަކުން، ބަންދުނޫން ކޮންމެދުވަހެއްގެ 10:30 ން 13:00 އަށް ފިޠުރުޒަކާތް ބަލައިގަންނަމުން ގެންދާނެއެވެ. ފިޠުރުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރުއްވާނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތްތަކަށް ބައްލަވައިގެންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ:

އާދައިގެ ހަނޑުލުންނަމަ މީހަކަށް -/12ރ ( ބާރަރުފިޔާ)

ތައިލެންޑު ހަނޑުލުންނަމަ މީހަކަށް -/50ރ (ފަންސާސްރުފިޔާ)

ބާސްމަތީ ހަނޑުލުންނަމަ މީހަކަށް -/75ރ (ހަތްދިހަ ފަސްރުފިޔާ)

ކައުންސިލްތަކުގެ އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގަކުންނެވެ.

22 ޝައުބާން 1436

09 ޖޫން 2015