ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HR/IU/2015/104
ޕަބްލިޝްކުރި ތާރީޚް: 11 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 22 ޖޫން 2015 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ

މިކުންފުނީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު ދިވެހި މުވައްޒަފުން ބޭނުންވެއެވެ.    

#

މަޤާމު

 

ޝަރުޠު

މުސާރަ

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

1

ސުޕަވައިޒަރ

01

  •  ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކޮށްފައިވުމާއެކު މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

-/6600ރ.

ސައިޓުގައި މަސައްކަތް ހިނގަމުންދާގޮތް ބެލެހެއްޓުމާއި މިކަންކަމުގެ ލިޔެކިޔުމާއި ރިޕޯޓު ތައްޔާރުކުރުން.

2

އެސިސްޓެންޓް ސައިޓް އޮފިސަރ

16

  • ޖީ.ސީ.އީ އޭ ލެވެލް ނުވަތަ ޖީ.ސީ.އީ އޯ ލެވެލް
  • މިފަދަ ދާއިރާއަކުން 1-3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/5500ރ.

ސައިޓުގެ އެންމެހާ އިދާރީ މަސައްކަތްކުރުން މިކަންކަމުގެ ލިޔެކިޔުން ބެލެހެއްޓުމާއި ރިޕޯޓު ތައްޔާރުކުރުން.

3

ޑައިވަރ

 

02

  • އޯޕަން ވޯޓަރ ޑައިވިންގ ލައިސަންސް

-/5500ރ.

ޑިޕާޓްމަންޓްގެ ސަރވޭ މަސައްކަތަށް ބޭނުންވާ ކަންކަން ދިރާސާކޮށް ރިޕޯޓު ތައްޔާރުކުރުން.

4

ޑްރައިވަރ

09

  • CO ކެޓަގަރީގެ ލައިސަންސް ލިބިފައިވުން

-/5500ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑަމްޕް ޓްރަކް އޮޕަރޭޓް ކުރުމާއި އުޅަނދުގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން އަދި ޓްރާންސްޕޯޓުގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

5

ކާޕެންޓަރ

6

  • 3-1 އަހަރުގެ ބާބެންޑިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500ރ.

ރަނގަޅު ފެންވަރުގައި ކާޕެންޓްރީ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

6

ބާބެންޑަރ

2

  • 3-1 އަހަރުގެ ބާބެންޑިންގ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500ރ.

ރަނގަޅު ފެންވަރުގައި ބާބެންޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

7

ވެލްޑަރ

11

  •  ޑިޕްލޮމާއިން ވެލްޑިންގ އެންޑް ފެބްރިކޭޝަން
  •  3-2 އަހަރުގެ ވެލްޑިންގ ކުރުމުގެ ތަޖުރިބާ ލިބިފައިވުން – އާރކް، ޓިގް، މިގް،

-/5500ރ.

ރަނގަޅު ފެންވަރުގައި ވެލްޑިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

8

ޕްލަމްބަރ

 

02

  • 3-1 އަހަރުގެ ޕްލަމްބިންގ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500ރ.

ރަނގަޅު ފެންވަރުގައި ޕްލަމްބިންގ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

9

މޭސަން

10

  • 3-1 އަހަރުގެ ތަށިމުށި ޖެހުމާއި ރޭނުގެ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500ރ.

ރަނގަޅު ފެންވަރުގައި ރޭނުމުގެ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

10

ޓައިލްސް މޭސަން

4

  • 3-1 އަހަރުގެ ތަށިމުށި ޖެހުމާއި ރޭނުގެ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500ރ.

ރަނގަޅު ފެންވަރުގައި ތަށިމުށިޖެހުމުގެ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

11

ޕެއިންޓަރ

2

  • 3-1 އަހަރުގެ މި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

-/5500ރ.

ރަނގަޅު ފެންވަރުގައި އިމާރާތްތަކުގައި ދަވާދުލުމުގެ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

12

ޑްރެޖް މެކޭނިކް

01

  • ޑިޕްލޮމާ/އެޑްވާންސްޑް ސެޓުފިކެޓު އިން ހައިޑްރޯލިކް އިންޖިނިއަރިންގ.
  • ހައިޑްރޯލިކް އިންޖީނު މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

 

ދެ ފަރާތް އެއްބަސްވާގޮތުގެ މަތިން.

ޑްރެޖަރުގެ މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގާ، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ކުރުން.

13

ޑްރެޖް އޮޕަރޭޓަރ

01

  • ޑްރެޖް އޮޕަރޭޓް ކުރުމުގެ ތަޖުރިބާ

 

-/5500ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ޑްރެޖަރ އޮޕަރޭޓް ކުރުމާއި އަދި ޓްރާންސްޕޯޓްގެ ގަވާއިދާ އެއްގޮތަށް އޮޕަރޭޓްކުރުން.

14

ޑްރެޖް ކްރޫ

08

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަން ދަންނަ ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހަކު ކަމުގައިވުން.

-/4700ރ.

ޑްރެޖަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަންދިނުން މީގެ އިތުރުން އޮޕަރޭޝަނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމާއި ޑްރެޖަރ ސާފުކޮށް ބެލެހެއްޓުން.

15

ލޯޑަރ އޮޕަރޭޓަރ

02

  • ލޯޑަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 

-/5500ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ލޯޑަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

16

އެކްސްކަވޭޓަރ އޮޕަރޭޓަރ

07

  • އެކްސްވޭޓަރ އޮޕަރޭޓް ކުރުމުގެ ލައިސަންސް ލިބިފައިވުން.
  • ހާބަރ ޑްރެޖިންގ ބްރޭކް ވޯޓަރ ކޮންސްޓްރަކްޝަން ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

-/5500ރ.

އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމާއި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުން.

17

އެސިސްޓެންޓް އެކްސްކަވޭޓަރ އޮޕަރޭޓަރ

01

  • ވެހިކަލްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން 
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/4700ރ.

އެކްސްކަވޭޓަރ އޮޕަރޭޓް ކުރުމަށް އޮޕަރޭޓަރަށް ދޭންޖެހޭ އެހީތެރިކަންދިނުން އަދި ވެހިކަލްގެ މެއިންޓެނަންސް ކަންކަން ބެލެހެއްޓުމަށް އެހީތެރިވެދިނުން.  

18

ކައްކާ

02

  • ރަނގަޅު ފެންވަރެއްގައި ތަފާތު ވައްތަރުގެ ކާނާ ތައްޔާރުކުރަން އެނގުން
  • މި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 

-/5500ރ.

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއުން ބުއިން ޝެޑިއުލާ އެއްގޮތަށް ބެލެހެއްޓުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

19

ކައްކާގެ އެހީތެރިޔާ

10

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/4700ރ.

ސައިޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ ކެއުން ބުއިން ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަންދިނުން އަދި ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.

20

ހޭންޑީ ޕާރސަން (ލޭބަރ)

46

  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

-/4700ރ.

ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓް މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

 

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ހިންގާ އެކި ޕްރޮޖެކްޓް ސައިޓްތަކުގައި.

އެހެނިހެން އެލަވަންސް/އިނާޔަތް: އެޑިޔުކޭޝަނަލް /ޓެކްނިކަލް އެލްވަންސް، އޯފް ރެސިޑެންޝަލް އެލަވަންސް، ހުރުމާއި ކެއުން، އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް (މަޤާމުތަކަށް ކަނޑައެޅިފައިވާ)

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން:

  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 
  • ޕްރޮޖެކްޓް ސައިޓްތަކުގައި ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 22 ޖޫން 2015ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓުފިކެޓުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

24 ޝަޢުބާން 1437

11 ޖޫން 2015