ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)142-D/1/2015/82
ޕަބްލިޝްކުރި ތާރީޚް: 09 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 07 ޖުލައި 2015 00:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
1436 ވަނައަހަރުގެ ފަޤީރުންގެ ގޮތުގައި ނަން ނޯޓުކުރުމާބެހޭ

8 ރަމަޟާން 1436 (25 ޖޫން 2015) ވާ ބުރާސްފަތިދުވަހުން ފެށިގެން 20 ރަމަޟާން 1436 (7 ޖުލައި 2015) ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހެއްގެ 10:30 ން 13:00 އަށް ފަޤީރުންގެ ގޮތުގައި ނަން ނޯޓުކުރުން އޮންނާނެއެވެ. މާލޭގައި ދިރިއުޅޭ ފަޤީރުންގެ ނަން ނޯޓުކުރައްވާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ހުޅުމާލޭގައި ދިރި އުޅުއްވާ ފަރާތްތަކުން ނަން ނޯޓުކުރައްވާނީ ހުޅުމާލޭކޯޕަރޭޝަން ގައެވެ. ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކުން ނަން ނޯޓުކުރައްވާނީ ވިލިމާލެ އޮފީހުގައެވެ. މާލެސިޓީ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންގެ ނަން ނޯޓުކުރުން އޮންނާނީ އެރަށެއްގެ ކައުންސިލް އިދާރާގައެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ތާރީޚުގައި އިސްވެ ދެންނެވުނު ގޮތުގެމަތިން ނަން ނޯޓުކުރައްވަމުން ގެންދެވުން އެދެމެވެ. ނަން ނޯޓުކުރަން ވަޑައިގަންނަވާއިރު ފަޤީރުންގެ ގޮތުގައި ރަޖިސްޓަރީ ކުރުމަށް އެދޭފޯމާއި، އަޑީކާޑުގެ އަޞްލާއި، އައިޑީކާޑުގެ ކޮޕީ ގެންނަވަންވާނެއެވެ.

22 ޝަޢުބާން 1436

09 ޖޫން 2015