ދިވެހިރާއްޖެ
(IUL)403-A/403/2024/174:ނަންބަރު
އިޢުލާން
"ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024" ހިންގައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
"ކައުންސިލް ފުޓްސަލް ފިއެސްޓަރ 2024" ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެ މިއިދާރާއިން ކުރި ނަންބަރު (IUL)403-A/403/2024/166 )12 ސެޕްޓެންބަރު 2024) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ނުވާތީ، އެ އިޢުލާން ބާޠިލްކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލީމެވެ. ކުރިމަތިލެވޭނީ ތިރީގައި މިދަންނަވާ ފަރާތްތަކަށެވެ.
1- ދިވެހިރާއްޖޭގެ ކުންފުންޏާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތައް،
2- ޕާޓްނާރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ޕާޓްނާރޝިޕްތައް،
3- ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް،
4- އަމިއްލަ ފަރުދުންގެ ވިޔާފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް
5- ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމްޢިއްޔާތައް
ތަފްޞީލް |
ދުވަސް |
ގަޑި |
ތަން |
ޕްރޮޕޯސަލް ހުށަހެޅުން |
07 އޮކްޓޫބަރު 2024 |
13:00 ގައި |
ލ.މާމެންދޫ ކައުންސިލް އިދާރާގެ މީޓީންގ ރޫމް |
މަޢުލޫމާތު ކަރުދާހުގައި ނެތް މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 06 އޮކްޓޫބަރު 2024 ވާ އާދިއްތަ ދުވަހު 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ
* އީމެއިލް: [email protected]
* ފޯން: 6800705
ވީމާ، ދެންނެވިފައިވާ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.
23 ރަބީޢުލްއައްވަލް 1446ހ.