ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2024/100
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި:
02 އޮކްޓޫބަރު 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަކަރިކޮށި ސަރަހައްދުގައި ބެހެއްޓިފައިވާ ތަކެތި ނެގުމާއި ގުޅޭ
ބަކަރިކޮށި ސަރަޙައްދު (ފާހަގަކޮށްފައިވާ ސަރަޙައްދު) އަލްމަރްޙޫމް ޢަބޫބަކުރު ޢަލީ / މަޒާރާ ރ.މާކުރަތު އަށް ދޫކޮށްފައިވާ ބަކަރިކޮށީގެ އުތުރުން، އަލީ ރަޝީދު / އަޅިވިލާގެ ރ.މާކުރަތު އަށް ދޫކޮށްފައިވާ ބަކަރި ކޮށީގެ އިރުމަތިން އޮތް ބިމުގައި އެއްވެސް މީހެއްގެ އަމިއްލަ އެއްޗެއް ހުރިނަމަ މިއަދުން ފެށިގެން 07 ދުވަސް ތެރޭގައިނަގާ ސަރަޙައްދު ހުސްކުރުމަށް އެންގީމެވެ. އަދި މުއްދަތު ހަމަވާއިރު ހުންނަ ތަކެއްޗަކީ ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލާ ހަމަޖެހިފައިވާ އުޞޫލުން ޢަމަލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
26 ސެޕްޓެންބަރު 2024