ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-MP/286/2024/95
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:39
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖަމުޢިއްޔާ ޖަމާޢަތްތަކަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުމާއި ގުޅޭ
ޖަމްޢިއްޔާ ޖަމާއަތްތަކަށް ކެނދިކުޅުދޫއިން ބިން ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު 24 މެއި 2023 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވާނީ ޝާއިޢުކޮށްފައެވެ.
އެގޮތުން ކެނދިކުޅުދޫގެ ހުރިހާ ޖަމުޢިއްޔާ ޖަމާއަތްތަކާއި މެދު މި އުސޫލުން އަމަލު ކުރެވިގެންދާނެކަން އަންގަމެވެ. އަދި އުސޫލު ގެޒެޓްކޮށްފައިވާ ތާރީޚު 24 މެއި 2023 އިން ފެށިގެން އުސޫލުގެ 8 ވަނަ މާއްދާގެ ދަށުން ޖަމުޢިއްޔާ ޖަމާއަތްތަކަށް ދޫކޮށްފައިވާ ހުރިހާ ބިންތަކުން ކުލި ނެގޭނެކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
23 ރަބީޢުލްއައްވަލް 1446
26 ސެޕްޓެންބަރު 2024
26 ސެޕްޓެންބަރު 2024