މަސައްކަތް
ނަންބަރު: (IUL)284-PR/284/2024/54
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި:
01 އޮކްޓޫބަރު 2024 14:00
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މާކޯ ސްޓޭޑިއަމް ރޮސްޓްރަމަށް ފަރުނީޗަރ ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
ބިޑު ހުށަހެޅުމުގެ ދަޢުވަތު
- މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މާކޯ ސްޓޭޑިއަމް ރޮސްޓްރަމަށް ފަރުނީޗަރ ތައްޔާރުކޮށް ހަރުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށް ފަހު 2024 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ނުވަތަ [email protected] އަށް މެއިލްކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނުގައި އެޓޭޗް ކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
- މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާއެވެ. ބިޑަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން އެފަރާތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ.
ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2024 އޮކްޓޯބަރ 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:30 ގައެވެ.
26 ސެޕްޓެންބަރު 2024