ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2024/091
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:10
ސުންގަޑި: 26 ސެޕްޓެންބަރު 2024 14:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެލްޑާރލީ ކުލަބްގެ ހަރަކާތްތަށް

ޔޫ.އެން.އެފް.ޕީ.އޭ އާއި ކައުންސިލާއި ގުޅިގެން 2024 ސެޕްޓެންބަރު 29 ވާ އާދިއްތަ ދުވަހުންފެށިގެން 2024 އޮކްޓޫބަރު 03 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް 50 އަހަރުން މަތީގެ ފަރާތްތަކަށް ހާއްސަކޮށްގެން ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޝެޝަންތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހަކުރު ބަލި ކޮލެސްޓްރޯލްފަދަ ބަލިތަށް ހުންނަފަރާތްތަކުގެ ކެއުން ތައްޔާރުކުރާނެ ގޮތްތަކުގެ އިތުރުން ކަސްރަތު ސެޝަންތަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ސެޝަންތަކުގައި ބައިވެރިވުމަށް އެދޭ 50 އަހަރުން މަތީގެ ފަރާތްތަކުން 2024 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ 7763264 ނަންބަރަށް ޓެލެގްރާމްއިން ބައިވެރިވާން އެދޭ ފަރާތުގެ ނަން، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރެއް މެސެޖު ކޮށްދެއްވުން އެދެމެވެ.  

ލިންކު: https://shorturl.at/3Uhs7

25 ސެޕްޓެންބަރު 2024