މަސައްކަތް
ނަންބަރު: (IUL)350-LH/350/2024/54
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި:
10 އޮކްޓޫބަރު 2024 11:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލް އޮފީހުގެ އަލަށް އިމާރާތް ކޮށްފައިވާ ބައިގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
މިކައުންސިލް އިދާރާގެ އަލަށް އިމާރާތް ކޮށްފައިވާ ބައިގައި ސިމެންތި ޖަހައި، ތަޅުން އަޅައި އަދި އިތުރު ބައެއް ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކުރަމެވެ.
- ޕްރޮޕޯސަލް ހުށަހެޅުމަށް މިކައުންސިލްގައި ރަޖިސްޓްރީވުން: 03 އޮކްޓޫބަރު 2024 ގެ ނިޔަލަށް [email protected] އީމެއިލް މެދުވެރިކޮށް ފޮނުވުން
- މައުލޫމާތު ދިނުމުގެ ބައްދަލުވުން: 07 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިއިދާރާގައި،
- ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 10 އޮކްޓޫބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި
މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. މިޢިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 09 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
25 ސެޕްޓެންބަރު 2024