ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)242-A/242/2024/33
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 01 އޮކްޓޫބަރު 2024 14:00
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށްސާރވާއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިއުލާން ނަންބަރު:  (IUL)242-A/242/2024/33

އިޢުލާން

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށްސާރވާއެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 21 އޮގަސްޓް 2024 ގައި ކުރެވުނު ނަމްބަރ (IUL)242-A/242/2024/29އިޢުލާނާ ގުޅިގެން ލިބުނު ބިޑުތައް އަގުބޮޑު ކަމަށް ފެންނާތީވެ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މި އިދާރާގެ ސާރވާރ ފޯރުކޮށް ދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން  01އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން  "އަންދާސީ ހިސާބް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް" ފުރިހަމަކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ރަޖިސްޓްރީކުރާ ފޯމް މި އިޢުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ދެންނެވިފައިވާ ތާރީޚަށް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް ފުރިހަމަ ކުރުމުން އެފަރާތަށް "މަޢުލޫމާތު ކަރުދާސް" ފޯރުކޮށްދެވޭނެއެވެ. އަދި  ބީލަންތައް ބަލައިގަތުމާއި، ބީލަންހުޅުވުން އޮންނާނީ 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 6841032 ނަމްބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އަދި މި އިދާރާގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

ރަޖިސްޓްރީވުން: 01އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން.

 ބީލަންތައް ބަލައިގަތުމާއި ބީލަން ހުޅުވުން: 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި.

 

(އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް)

https://shorturl.at/X88N1

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ސެޕްޓެންބަރު 2024