ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/355/2024/49
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 10 އޮކްޓޫބަރު 2024 12:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދުފަހަރު ދަފްތަރުގައި ރަޖިސްޓްރީކުރުމާއި ގުޅޭ

ގާނޫނު ނަމްބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލްތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެ އުޅަދެއް ރަޖިސްޓްރީކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ކުރައްވަމުން ގެންދަވާތީވެ، ރަށްރަށުގައި ދުއްވާ އެންމެހާ އެއްގަމާއި ކަނޑު އުޅަނދު ފަހަރުގެ ދަފްތަރެއް އެ މިނިސްޓްރީއިން ބޭނުންވެއެވެ.

 

އެހެންކަމުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ކުރިއަށްގެންދާ ފީތަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެންމެހާ އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުތަށް 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޯމް ފުރުއްވައި މި ކައުންސިލްގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށް އަންގަމެވެ. އުޅަނދުފަހަރުތައް ރަޖިސްޓީކުރުމަށް އެދި ހުށައަޅާ ފޯމް ރަސްމީގަޑިތަކު މިކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ ކައުންސިލްގެ ނަންބަރ 6680539 އަށް ރަސްމީ ގަދިތަކުގައި ގުޅުއްވުންއެދެމެވެ.

25 ސެޕްޓެންބަރު 2024