ދިވެހިރާއްޖެ
އިޢުލާން
އަމިއްލަ ބޭނުންތަކައް މަގު ބޭނުންކުރުމާއި، މަގު ބަންދު ކުރުން.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން ލިބިދޭ ބާރުގެ ދަށުން، ލޯކަލް ގަވަމަންޓް އޮތޯރިޓީގެ މަޝްވަރާއާއިއެކު، އައްޑޫސިޓީ ކައުންސިލުން ވަނީ "ވަގުތީގޮތުން މަގު ބަންދު ކުރުމާއިބެހޭ ޤަވާއިދު" (ޤަވައިދު ނަންބަރު: R-983/2019) އެކުލަވާލައި ގެޒެޓްގައި ޝާއިރުކޮށްފައެވެ. ނަމަވެސް، ޤަވާއިދާއި އެއްގޮތަށް މަގުބަންދު ކުރުމަކާއިނުލާ ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް މަގުމަތި އަދި ޕޭވްމެންޓް، ހަފްލާތަކާއި އިޖުތިމާއީ އަދި ޢުމްރާނީ މަސައްކަތްތަކަށް ބޭނުންކުރަމުން ދާކަމުގެ ޝަކުވާ މިއޮފީހަށް ލިބެމުންދެއެވެ.
މިފަދަ ޤަވާއިދުތަކަކީ އެންމެންގެ މަސްލަހަތަށްޓަކައި ހެދިފައިވާ ޤަވާއިދުތައްކަމުން، ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ ކޮންމެ ރައްޔިތެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން، ހެދިފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ.
ވީމާ، ދެންނެވިފައިވާ ޤަވާއިދާއި އެއްގޮތަށް އަވަށުއޮފީހުން ނަގަންޖެހޭ ހުއްދަ ނެގުމަށްފަހު ނޫން ގޮތަކަށް މަގު ބަންދުކޮށްގެން މަގުމަތީގައި އެއްވެސް މަސައްކަތެއް ނުވަތަ ހަރަކާތެއް ނުހިންގުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.
22 ރަބިޢުލްއައްވަލް 1445
25 ސެޕްޓްމެބަރ 2024