ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 ސެޕްޓެންބަރު 2024 09:01 ގައި ބާތިލް ކުރެވިފައެވެ.
މިއިދާރާގެ ނަންބަރ:(IUL)305-ME305/305/2024/33 (24 މާރޗް 2024) އިއުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ ޑިޒައިންތައް ކައުންސިލްގެ މިންގަޑަށް ނުފެތޭތީ، އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ރ.މާކުރަތު މޮނިއުމަންޓް ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މި ފުރުޞަތުގައި އެންމެ ރަނގަޅު މޮނިއުމަންޓް ފަރުމާކޮށްގެން 1 ވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި 10000.00 (ދިހަހާސް ރުފިޔާ) ދިނުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތް ކުރުމުގެ ފުރުޞަތު ހުރިހާ އުމުރުފުރައަކަށް ހުޅުވާލެވިފައިވާ ވާކަހަ ދެންނެވީމެވެ.
ވީމާ، ރ.މާކުރަތު މޮނިއުމަންޓް ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން ފަރުމާކޮށްފައިވާ މޮނިއުމަންޓް ހުށަހެޅުއްވުން އެދެމެވެ. މޮނިއުމަންޓް ފަރުމާކޮށް ހުށަހަޅުއްވާނީ "ރަށުގެ މޮނިއުމަންޓް ފަރުމާކުރުމުގެ މަޢުލޫމާތު ކަރުދާސް" ގައިވާ ގޮތަށެވެ. މި މައުލޫމާތު ކަރުދާސް މިއިޢުލާނާއެކު ވަނީ އާންމު ކުރެވިފައެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.