ދިވެހިރާއްޖެ
މި މިނިސްޓްރީގައި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)472/472/2024/81) (16 ސެޕްޓެމްބަރު 2024) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ނީލަމަށް ހާޒިރުވެފައިނުވާތީ އެ ތަކެތި 2 ވަނަ ފަހަރު ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. މި ނީލަމާއިގުޅޭ ތަފްޞީލު ތިރީގައި އެވަނީއެވެ.
1- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: ޢުމަރު ޒާހިރު އޮފީސް ޢިމާރާތް، 3 ވަނަ ފަންގިފިލާ، އޯކިޑްމާ ހިނގުން، ހުޅުމާލެ،
2- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ޙާޟިރުވާންޖެހޭ ގަޑި: 06 އޮކްޓޫބަރު 2024 ވާ އާދީއްތަ ދުވަހުގެ 09:00 އަށް.
3- ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
4- އިއުލާނުގެ ވަނަ: 2
5- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ލޮޓްގެ ޢަދަދު: 01، 02،
6- ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް: 1511
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. ވީމާ،ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެލެއްވުންއެދި، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.