ދިވެހިރާއްޖެ
ގަބުރުސްތާނު ސާފުކުރާނެ ފަރާތެއް ހޯދުން
މިރަށު ގަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)250-cb/250/2024/32 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން މައުލޫމާތު ސާފުކޮށްފައި ނުވާތީ އެއިޢުލާނު ބާޠިލުކުރުމަށްފަހު އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ގަބުރުސްތާނު ސާފުކުރުމާއިގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުމުގެ ބައްދަލުވުން |
03 އޮކްޓޯބަރ 2024 13:00 |
07 އޮކްޓޯބަރ 2024 13:00 |
"އަންދާސީ ހިސާބު ހުށަހަޅާ ފޯމް'' މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ވާނެއެވެ. އަދި މިކައުންސިލާ ގުޅުއްވުމުންވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ލިޔެކިއުން ފޯރުކޮށް ދެވޭނެއެވެ.
މިބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ޕްރީބިޑް ބައްދަލުވުން
މި ބިޑާއި ގުޅޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2024 އޮކްޓޯބަރ 03 ވަނަ ދުވަހުގެ 13:00 ގައި ވަށަފަރު ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ.
ބިޑު ސެކިއުރިޓީ
މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.
ބިޑް ހުޅުވުން އޮންނާނީ 2024 އޮކްޓޯބަރ 07 ވާ ހޯމަ 13:00 ގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަދި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރިޚާއި ވަގުތު އަދި ބިޑު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
ފޯން : ރަސްމީ ގަޑީގައި ނަމަ 6500039 އަށް ނުވަތަ 7797902 / 9642399 އަށް.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.