މަސައްކަތް
ނަންބަރު: (IUL)332-ADHR/332/2024/105
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި:
03 އޮކްޓޫބަރު 2024 12:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު
ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު
- މިއިދާރާގެ ނަންބަރު (IUL)332-ESD/332/2024/91 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮފޯސަލް ހުށަހަޅާފައިނުވާތީ 2 (ދޭއް) ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- އަމިއްލަ ތަކެތީގައި ކ.ދިއްފުށީ އޮނޑިހަނު ޕާކު މަރާމާތުކޮށް އިތުރަށް ތަރައްޤީކުރުމާއި ޕާކް ޒީނަތްތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝާޢުގުވެރިވާ ހުރިހާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
- މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާއިން، ދިވެހި ސަރުކާރުގެ ގެޒެޓް، ދިއްފުށީ ކައުންސިލް ވައިބާ ކޮމިއުނިޓީ ގްރޫޕްއިން ލިބެންހުންނާނެއެވެ.
- މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކ.ދިއްފުށީގައި ވިޔަފާރިކުރަމުންދާ ފަރާތްތަކަށެވެ. އަދި ޖަމްޢިއްޔާތަކާއިބެހޭ ޤާނޫނު (ޤާނޫނު ނަންބަރ: 2022/3) ގެ ދަށުން ކ.ދިއްފުށީގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާތަކަށެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 03 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް ޕްރޮޕޯސަލް މެއިލްކޮށްދެއްވުން އެދެމެވެ. މެއިލް ލިބުނުތޯ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ޔަޤީންކުރަންވާނެއެވެ.
- މިމަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 02 އޮކްޓޫބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
ފޯން: 6640071
އީމެއިލް: [email protected]
25 ސެޕްޓެންބަރު 2024