ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)345-CAA/345/2024/57
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 30 ސެޕްޓެންބަރު 2024 12:00
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކުރާކޮމެޓީއަށް އާންމުންގެ ތެރެއިން މެންބަރުން ހޯދުމާއި ގުޅޭ:

     ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމަށްޓަކައި ކުރެވުނު ނަންބަރ

(IUL)345-CAA/345/2024/23 (15 މެއި 2024) އިޢުލާނާއި ގުޅިގެން، "އއ. މާޅޮހުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު 2024"ގެ (3) ވަނަ މާއްދާގެ (ށ)ގެ (4) ގެ ދަށުން އާންމު ރައްޔިތުންގެ ތެރެއިން 02 މެންބަރުން (01 އަންހެން، 01ފިރިހެން) އައްޔަންކުރަންޖެހެއެވެ. މިކަމާ ގުޅިގެން 17 ޖުލައި 2024 އަދި 30 ޖުލައި 2024 ގައި ކުރެވުނު އިޢުލާންނަށް އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ. އަދި 05 އޮގަސްޓް 2024 ގައި ކުރެވުނު އިއުލާނަށް އެއްވެސް އަންހެން ފަރާތަކުން އިޖާބަދީފައެއް ނުވެއެވެ. މިކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަށް، ކޮންމެ ބައްދަލުވުމަކަށް 75ރ (ހަތްދިހަ ފަހެއް) ކޮމެޓީ އެލަވަންސްއެއް ގޮތުގައި ލިބިގެންދާނެއެވެ.

                  އެހެންކަމުން، ކޮމެޓީގައި އާންމު ރައްޔިތުންގެ ފަރާތުން ތަމްސީލުވާ 01 (އަންހެން) މެންބަރުންގެގޮތުގައި ހިމެނުމަށް މިރަށުގެ ރައްޔިތުންގެތެރޭގައި ހިމެނޭ، މިފަހަރު ގެވަޅުހޯދުމަށްއެދި ފޯމްހުށަހަޅާފައިނުވާ ފަރާތްތަކަށް  އެފުރުސަތު ހުޅުވާލަމެވެ. ކޮމެޓީގައި ހިމެނުމަށް އެދޭފަރާތްތަކުން (ނަން، އައިޑީ ކާޑު ކޮޕީ، ތައުލީމީ ފެންވަރު ) އެންގޭނެ ގޮތަށް 30 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ. ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިކަމަށް އެންމެ އެކަށީގެންވާ މެންބަރެއް ކަނޑައަޅާނީ ކައުންސިލުންކަމުގައި ދަންނަވަމެވެ.

                 މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ސެޕްޓެންބަރު 2024