މަސައްކަތް
ނަންބަރު: H/IUL/2024/194
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:43
ސުންގަޑި: 29 ސެޕްޓެންބަރު 2024 11:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
75 އަހަރު ފުރުމުގެ ހަފްލާގެ ސެޓްއަޕް ތައްޔާރުކޮށް އިންތިޒާމް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

 މާލެ' ދިވެހިރާއްޖެ                                                                                         

                                                         އިޢުލާން ނަންބަރ: H/IUL/2024/194  

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދައުވަތު

މި ކުންފުންޏަށް 75 އަހަރު ފުރުމުގެ ހަފްލާގެ ސެޓްއަޕް ތައްޔާރުކޮށް އިންތިޒާމް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން2024  ސެޕްޓެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

މި މަސައްކަތަށް އަންދާސީހިސާބު  ހުށަހަޅާ ފަރާތަކީ މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި އަދި ވޭތުވެދިޔަ 2 އަހަރު ތެރޭގައި މަދުވެގެން މިފަދަ 5 ޕްރޮޖެކްޓް ނިންމާފައިވާ ފަރާތެއް ކަމުގައި ވާންވާނެއެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 30 ޕޮއިންޓް

- ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×30

ތަޖުރިބާ: 20 ޕޮއިންޓް

-  މަސައްކަތް ނިންމިކަމުގެ ލިޔުންތައް (ރިފެރެންސް ލެޓަރ) ހުށައަޅަންވާނެއެވެ.

ކޮންސެޕްޓް: 50 ޕޮއިންޓް

- ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

- މިމަސައްކަތަށް ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައެވެ.              

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2024/194

ބިޑް ހުޅުވުން:

ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 އޮކްޓޯބަރ 03 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިކުންފުނީގެ ހެޑްއޮފީހުގެ، 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޟިރުގައެވެ.

21 ރަބީޣުލްއައްވަލް 1446

ނޯޓް:

  • ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި  ސްޓެލްކޯ ގެ މުވައްޒަފަކާއި ދެމެދު، ވިޔަފާރީގެ ނުވަތަ ތިމާގެކަމުގެ އެއްވެސް ގުޅުމެއް އޮތްކަމުގައި ވާނަމަ، އެފަރާތެއްގެ ބީލަން ބާތިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
 

24.09.2024

24 ސެޕްޓެންބަރު 2024