ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSED/248/2024/106
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:06
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޒޯން ލައިސަންސް ދޫކުރުން ހުއްޓާލުމާއި ގުޅޭ

 

                                            އިޢުލާން

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ޒޯން ލައިސަންސް ދޫކުރުން ހުއްޓާލުމާއި ގުޅޭ

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ގަވާއިދު ނަންބަރު R-102/2021 ތަންފީޛުވުމާ ގުޅިގެން، ކުރިން ޢަމަލުކުރަމުން އައި ޒޯން ލައިސަންސް ދޫކުރުމުގެ ގަވާއިދު ނަންބަރު 05/2009 ވަނީ އުވާލެވިފައެވެ. މި ބަދަލާ ގުޅިގެން، ރަށުގެ ޒޯން ލައިސަންސް ލިބިފައިވާ ފަރާތްތަކުން އައު ގަވާއިދު ނަންބަރު R-102/2021 އާ އެއްގޮތަށް އެއްގަމު އުޅަނދުގެ ލައިސަންސް ހޯއްދެވުމަށް އެދި ދަންނަވަމެވެ.

ވީމާ، 2025 އޮގަސްޓް 31 ގެ ނިޔަލަށް ރަށު ޒޯން ލައިސެންސް ނަގާފައިވާ ފަރާތްތަކުން، ޑިޖިޓަލް ލައިސެންސަށް ބަދަލުކުރުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާއިން އަންގަވާފައިވާތީ، މިކަން ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ދެންނެވީމެވެ. އަދި މި ތާރީޚުގެ ފަހުން ޒޯން ލައިސެންސް ބޭނުންނުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

‏                                         21‏ ރަބީޢުލްއައްވަލް‏ 1446

24 ސެޕްޓެންބަރު 2024