ވަޒީފާގެ ފުރުޞަތު
ނަންބަރު: CS-IUL/2024/00117
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 02 އޮކްޓޫބަރު 2024 14:00
ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް (މިޑްވައިފަރީ) - ބ.މާޅޮހު ޞިއްހީ މަރުކަޒު

ވަޒީފާގެ ފުރުޞަތު
އޮފީސް: ބ. މާޅޮހު ޞިއްޙީމަރުކަޒު
މަސައްކަތްކުރަންޖެހޭ ތަން:

ބ. މާޅޮހު ޞިއްހީ މަރުކަޒު

މަގާމު: ރެޖިސްޓަރޑް ނަރސް
ސްޕެޝަލައިޒޭޝަން: މިޑްވައިފް
މަގާމުގެ ގިންތި: ދާއިމީ
މަގާމު ނަންބަރު: J-387109
ބޭނުންވާ އަދަދު: 1
މަގާމުގެ ރޭންކް: ރެޖިސްޓަރޑް ނަރސް (ޕަބްލިކް ސަރވިސް ރޭންކު 6 - ސްޓެޕް 1)، ރެޖިސްޓަރޑް ނަރސް (ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1)
މަޤާމުގެ މުސާރައާއި އެލަވަންސްތައް:

މަގާމު

ރޭންކް

އަސާސީ މުސާރަ

މަޤާމުގެ އެލަވަންސް

ހާޒިރީ އެލަވަންސް (ހާޒިރުވާ ކޮންމެ ދުވަހަކަށް)

ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކު 6 - ސްޓެޕް 1

12,400.00 ރުފިޔާ

5,787.00 ރުފިޔާ

157.00 ރުފިޔާ

ރެޖިސްޓަރޑް ނަރސް

ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1

13,717.00 ރުފިޔާ

6,402.00 ރުފިޔާ

173.00 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
ރެޖިސްޓަރޑް ނަރސް (މިޑްވައިފް) ، (ޕަބްލިކް ސަރވިސް ރޭންކު 6- ސްޓެޕް 1)

1. މާބަނޑު މީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި މިޑްވައިފަރީ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް ފަރުވާ ދިނުމާއި ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑް ކުރާ ނިޒާމުގައި ވަގުތުން ވަގުތަށް ލިޔެ އަޕްޑޭޓްކުރުން. އަދި އާއިލާއަށް ޙަވާލުކުރަންޖެހޭ ފޯރމްތައް ކަޑައެޅިފައިވާ ވަގުތުތެރޭގައި ހަވާލު ކުރުން.

2. މައިންނާއި ވިހާ ދަރިފުޅަށް ބޭނުންވާ ހޯލިސްޓިކް މިޑްވައިފަރީ ކެއަރ ދިނުމަށް ހެދިފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާއި، ބަލިމީހާއަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ހެދިފައިވާ އިންފެކްޝަން ކޮންޓްރޯލް އަދި ޕޭޝަންޓް ސޭފްޓީ ގައިޑްލައިންތަކާ އެއްގޮތަށް ކެއަރދީ، އަދި ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.

3. މާބަޑުމީހާ ވިހެއުމަށް އެދުމަތި ކުރާ ހިސާބުން ރައްކާތެރިކަމާ އެކު ވިހެއުމަށް ބޭނުންވާ ހުރިހާ އިންތިޒާމްތައް ރާވައި، ބޭނުންވާ އިމޯޝަނަލް ސަޕޯޓްދިނުމާއި ވިއްސުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާވާފަދަ ޙާލަތްތައް ކުރިޔަށްލަފާކުރުމާއި، ދިމާވާ އެމަރޖެންސީތައް ވަގުތުން ކަމާބެހޭ ޞިއްޙީ ފަންނުވެރިންނަށް އެންގުމާއި، އެކުގައި އެފަދަ އެމަރޖެންސީތައް މެނޭޖްކުރުން.

4. ޞިއްޙީ ފަންނުވެރިންގެ ލަފާގެމަތިން ދެވޭ ފަރުވާއާ ބެހޭގޮތުން ބަލިމީހާ /ޢާއިލާއަށް މަޢުލޫމާތު ދިނުމާއި ދިމާވެދާނެ ހިތާމަވެރި ހާލަތްތަކުގައި މައިންބަފައިންނާއި ޢާއިލާގެ މެންބަރުންނަށް ދޭންޖެހޭ އިމޯޝަނަލް ސަޕޯޓް ދިނުން.

5. ވިހެއުމަށް ފަހުގައި މައިމީހާއާއި ދަރިފުޅަށް ދިމާވެދާނެ މައްސަލަތަކާއި އެކަންތައްތައް ދިމާވާ ހާލަތްތަކުގައި ޢަމަލު ކުރަންވީގޮތާއި ދިމާވެދާނެ ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުން.

6. އުފަންވަނިވި ޞިއްޙަތާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮމިނިއުޓީ ބޭސްޑް އެޑިޔުކޭޝަނަލް ޕްރޮގްރާމްތައް ރާވައި ހިންގުން.

7. ހޮސްޕިޓަލުންދޭ ދަރިމައިވުމުގެ ހިދުމަތާއި ބޭނުންތަކަށްބަލައި، ކްލިނިކަލް ދާއިރާއިން މުވައްޒަފުންގެ ސްކިލް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންސަރވިސް ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެ ޢަމަލީ ގޮތުން ބައިވެރިވުން.

8. މިޑްވައިފަރީ ދާއިރާއިން ތަޖުރިބާ ހޯދަން އަންނަ ދަރިވަރުން މެންޓޮރކޮށް ސުޕަވައިޒްކުރުން.

9. މިޑްވައިފުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ޢަމަލު ކުރުން.

10. މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް، މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަން ބަދަހިކޮށް ދިމާވާ ދެބަސްވުމާއި ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް ކުރެވޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

11. ޤައުމަށް ދިމާވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތްތަކުގައި ޢަމަލުކުރުމަށް ހެދިފައިވާ އުޞޫލުތަކަށް އަހުލުވެރިވުމުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން.

12. މިޑްވައިފުންގެ ފަންނު ކުރިއަރުވައި، ދެވޭ ޙިދުމަތް އިތުރުފުޅާކުރުމުގެ ގޮތުން ހިޔާލު ދިނުމާއި ފޯރުކޮށްދެވޭ މިޑްވައިފަރީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ކުރޭވޭ މަސައްކަތްތަކުގައި ވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިނުން.

ރެޖިސްޓަރޑް ނަރސް (މިޑްވައިފް) ، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1)

1. މާބަނޑުމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއި އަދި ނަފްސާނީ ފަރުވާދިނުމުގައި މިޑްވައިފަރީ ކެއަރގެ ޕްލޭންތައް އެހެން ޞިއްޙީ ފަންނުވެރިންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭންތަކާ އެއްގޮތަށް ފަރުވާ ދިނުމާއި ދެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރެކޯޑް ކުރާ ނިޒާމުގައި ވަގުތުން ވަގުތަށް ލިޔެ އަޕްޑޭޓްކުރުން. އަދި އާއިލާއަށް ޙަވާލުކުރަންޖެހޭ ފޯރމްތައް ކަނޑައެޅިފައިވާ ވަގުތުތެރޭގައި ޙަވާލު ކުރުން.

2. މައިންނާއި ވިހާ ދަރިފުޅަށް ބޭނުންވާ ހޯލިސްޓިކް މިޑްވައިފަރީ ކެއަރ ދިނުމަށް ހެދިފައިވާ އުޞޫލުތަކާއި ގައިޑްލައިންތަކާއި، ބަލިމީހާއަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ ގޮތުން ހެދިފައިވާ އިންފެކްޝަން ކޮންޓްރޯލް އަދި ޕޭޝަންޓް ސޭފްޓީ ގައިޑްލައިންތަކާ އެއްގޮތަށް ކެއަރދީ، އަދި ދެވޭ ޚިދުމަތްތައް މޮނިޓަރ ކުރުމާއި އިވެލުއޭޓް ކުރުން.

3. މާބަނޑުމީހާ ވިހެއުމަށް އެދުމަތި ކުރާ ހިސާބުން ރައްކާތެރިކަމާއެކު ވިހެއުމަށް ބޭނުންވާ ހުރިހާ އިންތިޒާމްތައް ރާވައި، އަދި ވިއްސުމުގެ ތެރޭގައި ދިމާވެދާނެ ނުރައްކާވާފަދަ ޙާލަތްތައް ކުރިޔަށް ލަފާކުރުމާއި، ދިމާވާ އެމަރޖެންސީތައް ވަގުތުން ކަމާބެހޭ ޞިއްޙީ ފަންނުވެރިންނަށް އެންގުމާއި، އެކުގައި އެފަދަ އެމަރޖެންސީތައް މެނޭޖްކުރުން.

4. ޞިއްޙީ ފަންނުވެރިންގެ ލަފާގެމަތިން ދެވޭ ފަރުވާއާ ބެހޭގޮތުން ބަލިމީހާ /ޢާއިލާއަށް މަޢުލޫމާތު ދިނުމާއި ދިމާވެދާނެ ހިތާމަވެރި ހާލަތްތަކުގައި މައިންބަފައިންނާއި ޢާއިލާގެ މެންބަރުންނަށް ދޭންޖެހޭ އިމޯޝަނަލް ސަޕޯޓް ދިނުން.

5. ވިހެއުމަށް ފަހުގައި މައިމީހާއާއި ދަރިފުޅަށް ދިމާވެދާނެ މައްސަލަތަކާއި އެކަންތައްތައް ދިމާވާ ހާލަތްތަކުގައި ޢަމަލު ކުރަންވީގޮތާއި ދިމާވެދާނެ ނަފްސާނީ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ މަޢުލޫމާތު ދިނުން.

6. މައިމިހާ ނުވަތަ ދަރިފުޅު އެމަރޖެންސީކޮށް ރިފަރ/ޓްރާސްފަރ ކުރަން ޖެހިއްޖެ ހާލަތެއްގައި މިޑްވައިފްއެއްގެ ހައިޞިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

7. އުފަންވަނިވި ޞިއްޙަތާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކޮމިނިއުޓީ ބޭސްޑް އެޑިޔުކޭޝަނަލް ޕްރޮގްރާމްތައް ރާވައި ހިންގުން.

8. ހޮސްޕިޓަލުންދޭ ދަރިމައިވުމުގެ ހިދުމަތާއި ބޭނުންތަކަށްބަލައި، ކްލިނިކަލް ދާއިރާއިން މުވައްޒަފުންގެ ސްކިލް އަޕްގްރޭޑްކުރުމަށް ބޭނުންވާ އިންސަރވިސް ޕްރޮޤްރާމްތައް ރާވައި ހިންގުމުގައި އެހީތެރިވެ ޢަމަލީ ގޮތުން ބައިވެރިވުން.

9. މިޑްވައިފަރީ ދާއިރާއިން ތަޖުރިބާ ހޯދަން އަންނަ ދަރިވަރުން މެންޓޮރކޮށް ސުޕަވައިޒް ކުރުން.

10. މިޑްވައިފުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ހެދިފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި ސިޔާސަތުތަކާ އެއްގޮތަށް ޢަމަލު ކުރުން.

11. މުވައްޒަފުންގެ މެދުގައި ހަމަހަމަކަން ޤާއިމްކޮށް، މުވައްޒަފުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބައެއްވަންތަކަން ބަދަހިކޮށް، ދިމާވާ ދެބަސްވުމާއި ހިތްހަމަނުޖެހުންތައް ހައްލުކުރުމަށް ކުރެވޭ ކަންތައްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

12. ޤައުމަށް ދިމާވާ ޞިއްޙީ ކުއްލިނުރައްކަލުގެ ޙާލަތްތަކުގައި ޢަމަލުކުރުމަށް ހެދިފައިވާ އުޞޫލުތަކަށް އަހުލުވެރިވުމުގައި ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން.

13. މިޑްވައިފުންގެ ފަންނު ކުރިއަރުވައި، ދެވޭ ޙިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ހިޔާލު ދިނުމާއި ފޯރުކޮށްދެވޭ މިޑްވައިފަރީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި ކޮލިޓީ ހިފެހެއްޓުމަށް ކުރޭވޭ މަސައްކަތްތަކުގައި ވެރިންނަށް އެހީތެރިވެ އެއްބާރުލުން ދިނުން.

މަގާމުގެ ޝަރުތުތައް:

ރެޖިސްޓަރޑް ނަރސް (މިޑްވައިފް) ، (ޕަބްލިކް ސަރވިސް ރޭންކު 6- ސްޓެޕް 1)

  • 1 -

    މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. އަދި،

    މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ސްޕެޝަލް ކެއަރ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

ރެޖިސްޓަރޑް ނަރސް (މިޑްވައިފް) ، (ޕަބްލިކް ސަރވިސް ރޭންކު 7- ސްޓެޕް 1)

  • 1 -

    މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި،

    މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ސްޕެޝަލް ކެއަރ  ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލުކޮށްފައިވުން.

  • ނުވަތަ
  • 2 -

    މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ސްޕެޝަލް ކެއަރ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:
  • މިޑްވައިފަރީ ނަރސިންގ
  • ނާސިންގ
ވަޒީފާއާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:
  • ނާސިންގ
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ރެޖިސްޓަރޑް ނަރސް (މިޑްވައިފް) ، (ޕަބްލިކް ސަރވިސް ރޭންކު 6 - ސްޓެޕް 1)
  • އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓު - % 30.00
  • ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު - (ގިނަވެގެން 15.00 ޕޮއިންޓް) % 15.00
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - % 50.00
ރެޖިސްޓަރޑް ނަރސް (މިޑްވައިފް) ، (ޕަބްލިކް ސަރވިސް ރޭންކު 7 - ސްޓެޕް 1)
  • އަސާސީ ޝަރުޠުހަމަވުމުން ދެވޭ ޕޮއިންޓު - % 35.00
  • ޝަރުޠުހަމަވުމަށް ބޭނުންވާ ތަޖުރިބާގެ އިތުރުން ލިބިފައިވާ ތަޖުރިބާއަށް ދެވޭ ޕޮއިންޓު - (ގިނަވެގެން 15.00 ޕޮއިންޓް) % 15.00
  • އިންޓަވިއު އަދި ޕްރެޒެންޓޭޝަން - % 50.00
އިންޓަރވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލް އޮންނާނެ މުއްދަތު: 10 އޮކްޓޫބަރު 2024 - 21 އޮކްޓޫބަރު 2024
މަޤާމަށް އެދެންވީ ގޮތް:

1. މަޤާމަށް އެދި ހުށަހަޅާނީ، ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ https://myaccount.csc.gov.mv   މި ލިންކް މެދުވެރިކޮށެވެ. މި މަޤާމަށް ކުރިމަތިލުމަށް ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ "އީ-ފާސް" އެކައުންޓެއް އޮންނަންވާނެއެވެ. "އީ-ފާސް" އެކައުންޓެއް ނެތް ނަމަ "އީ-ފާސް" އެކައުންޓެއް ހަދަންވާނެއެވެ.

ނުވަތަ،

2. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އިދާރާ އަށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. 

އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ. މިފޯމު ހުށަހަޅަންޖެހޭނީ އީމެއިލް މެދުވެރިކޮށް ނުވަތަ ހާޑު ކޮޕީ ހުށަހަޅާނަމައެވެ. )  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx 

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

  • މުއްދަތު ހަމަނުވާ ލައިސަންސް، ރެޖިސްޓްރޭޝަން އަދި އިންޓާންޝިޕް ފުރިހަމަކުރި ކަމުގެ ލިޔުން
އިންޓަރވިއު އަދި އިމްތިހާނު ނުވަތަ ޕްރެކްޓިކަލް އޮންނާނެ ތަން:

ބ. މާޅޮހު ޞިއްހީ މަރުކަޒު

ޝޯޓްލިސްޓުކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600762 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ނަރުހުންގެ ޖޮބް މެޓްރިކްސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ އުޞޫލު (އިސްލާޙު 1)"  (https://www.csc.gov.mv/Policy/Index/33) އިން ލިބެން ހުންނާނެއެވެ.

 

ހުށަހަޅަންޖެހޭ ސުންގަޑި:  2 އޮކްޓޫބަރު 2024 - 14:00
24 ސެޕްޓެންބަރު 2024