ނީލަން
ނަންބަރު: (IUL)319/319/2024/50
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 30 ސެޕްޓެންބަރު 2024 10:30
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއް އަދި ކަށިކެޔޮގަސް ލަކުޑި ނީލަންކިޔުން

ބ.މާޅޮހު ޓުވަރިޒަމް ޒޯނަށް ގުޅުވާލަދޭ މަގު ސާފުކޮށް ނަގާފައިވާ ރުއް އަދި ކަށިކެޔޮގަސް ލަކުޑި، ދުވަހު ނީލަމުގައި ވިއްކާލާގޮތަށް ވަނީ ހަމަޖެހިފައެވެ. މި ނީލަން ކިޔުން އޮންނާނީ، 2024 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 10:30 ގައި (ޓުވަރިޒަމް ޒޯނަށް ގުޅުވާލަދޭ މަގު ސާފުކޮށްފައިވާ ސަރަހައްދުގައި) އާމަގުގައެވެ.

ވީމާ، މިދަންނަވާ ރުއް އަދި ކަށިކެޔޮގަސް ލަކުޑި، ނީލަމުން ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 ސެޕްޓެމްބަރ 30 ވާ ހޯމަ ދުވަހުގެ 10:30 އަށް އެ ސަރަޙައްދަށް ދުރުވުމަށް ދަންނަވަމެވެ. ނީލަމުގެ ކޮންމެ ސުލޮޓެއް (ބައެއް) ފެށޭއަގަކީ -/50 (ފަންސާސް) ރުފިޔާއެވެ.

އަދި ދަންނަވަމެވެ. މި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ދައްކަވަންޖެހޭ ފައިސާ، 2024 އޮކްޓޯބަރ 07 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ދައްކަވާ ނިންމަވަން ވާނެއެވެ. އަދި ނީލަމުން ނެންގެވި ތަކެތި، 2024 އޮކްޓޯބަރ 09 ގެ ކުރިން ގެންގޮސް ނިންމަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުންނަ ތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދެވޭނެއެވެ.

23 ސެޕްޓެންބަރު 2024