ދިވެހިރާއްޖެ
ނަންބަރު: (IUL)391/391/2024/65
އިއުލާން
ތ.ތިމަރަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުން
ތ.ތިމަރަފުށީ ޢިރުމަތީ ފަރާތުންނާއި އުތުރު ކޮޅުން ދިރިއުޅުމަށްޓަކައި ތިމަރަފުށީގެ ރަށްވެހިންނަށް 90 ގޯތި އަދި ތިމަރަފުށީގެ ރަށްވެހިން ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގައި ރަށްވެހިވެފައިވާ، ތިމަރަފުށްޓަށް ރަށްވެހިކަން ބަދަލުވުމަށް އެދޭ ފަރާތްތަކަށް ބަންޑާރަ 10 ގޯތި ދޫކުރުމަށް މިކައުންސިލްގެ 4 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުމުން ފާސް ކުރެވިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ގޯއްޗެއްގެ ބޮޑުމިނަކީ، 1500އަކަފޫޓާއި 3000 އަކަފޫޓާ ދެމެދެވެ. ވީމާ، ތ.ތިމަރަފުށިން ބަންޑާރަ ގޯތި ލިބުމަށް އެދިލައްވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން " ތިމަރަފުށިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ A 1/2024 " ނުވަތަ " ތިމަރަފުށިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ B 1/2024 ") ފުރިހަމަކުރައްވައި ފޯމާއި އެކުގައި ހުށަހަޅުއްވަން ޖެހޭ ލިޔުންތަކާއި އެކުގައި މި އިދާރާއަށް ހުށަހެޅުއްވުމަށް އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތުތައް (ކެޓަގަރީ A: ތިމަރަފުށީގެ ރަށްވެހިން)
ހ. ތިމަރަފުށީގެ ރަށްވެއްސެއް ކަމުގައިވުން.
ށ. އުމުރުން 18 އަހަރު ފުރިފައިވުން.
ނ. ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި ގޯތީގެ އަގު އަދާ ކުރާގޮތަށް ގޯއްޗެއް ގަނެ ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިނެތުން.
ރ. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ލިބިފައި ނުވަތަ ރަޖިސްޓްރީ ވެފައިވާނަމަ އެތަނެއް މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
ބ. ރާއްޖޭގެ އެއްވެސް ރަށެއްގައި ޢިމާރާތްކޮށްފައިވާ ފްލެޓް، ރޯހައުސް، ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއްފަދަ ބޯހިޔާވަހިކަމެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައިނެތުން ނުވަތަ ކަނޑަ އެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ބޯ ހިޔާވަހިކަމެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސްފަރާތަކާ އެކު ސޮއިކޮށްފައިނެތުން.
ޅ. ރާއްޖޭގެ އެއްވެސްތަނަކުން ބަންޑާރަ ގޯއްޗެއް ގައިވާ ނުއުފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަބައި، ލިބިފައިވާބައި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން.
ކ. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ އެގޯތި އެހެން ފަރާތަކަށް ދީ ، ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 5 އަހަރުދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
އ. އެމީހެއްގެ އަމިއްލަ ނަމުގައި އޮތް ފްލެޓް، ރޯހައުސް ހައުސިން ޔުނިޓް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއްފަދަ ބޯ ހިޔާވަހި ކަމެއް އެހެން ފަރާތަކަށްދީ، ދޫކޮށްލައި ނުވަތަ ވިއްކާފައިވާތާ 5 އަހަރު ދުވަހަށްވުރެ ގިނަދުވަސްވެފައިވުން
ވ. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އަކުން ހުށަހަޅާފަރާތުގެ އަނބިމީހާ / ފިރިމީހާއަށް ބޯހިޔާވަހިކަމެއް ލިބިފައިނެތުން.
ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭޝަރުތުތައް (ކެޓަގަރީ B ތިމަރަފުށީގެ ރަށްވެހިން ނޫން މީހުން)
ހ. ތ.ތިމަރަފުށި ފިޔަވައި ރާއްޖޭގެ އެހެން ރަށެއްގެ ރަށްވެއްސެއްކަމުގައި ވުން
ށ. އުމުރުން 18 އަހަރު ފުރިފައިވުން
ނ. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި އޮތްނަނަ މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވުން.
ރ. ރާއްޖޭގެ އެއްވެސް ތަނަކުން ބަންޑާރަ ގޯއްޗެއް ގައިވާ ނުއުފުލޭ މުދަލަކުން ބަހައިގެން ބިމުން ލިބެން އޮންނަބައި މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވުން.
ބ. ރާއްޖޭގެ އެއްވެސް ރަށެއްގައި ޢިމާރާތްކޮށްފައިވާ ފްލެޓް، ރޯހައުސް، ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފްލެޓެއްފަދަ ބޯހިޔާވަހިކަމެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި، ނުވަތަ ލިބިފައިނެތުން، ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ބޯ ހިޔާވަހިކަމެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއި އެކު ސޮއިކޮށްފައިނެތުން.
ޅ. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެގޯތި ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 5 އަހަރުދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
އ. ރާއްޖޭގެ އެއްވެސްރަށެއްގައި، ޢިމާރާތްކޮށްފައިވާ ފްލެޓް، ރޯހައުސް ހައުސިން ޔުނިޓް ، އެއްމެދު ޢިމާރާތެއްގެ ފްލެޓެއްފަދަ ބޯ ހިޔާވަހި ކަމެއް އެހެން ފަރާތަކަށްދީ، ވިއްކާފައިވާތާ 5 އަހަރުދުވަހަށްވުރެ ގިނަދުވަސްވެފައިވުން
ވ. ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު އަކުން ހުށަހަޅާފަރާތުގެ އަނބިމީހާ/ ފިރިމީހާއަށް ބޯހިޔާވަހިކަމެއް ލިބިފައިނެތުން.
އ.އެމީހަކު މިހާރު ރަށްވެހިވެފައިވާ ރަށުން ތިމަރަފުށީގެ ރަށްވެހިކަމަށް ބަދަލުވުމަށް އެއްބަސްވުން
މި އިޢުލާނާ އެކުގައި ތިރީގައި މިދަންނަވާ ލިޔުންތައް އާންމުކުރެވިފައި ހުންނާނެއެވެ.
- ތިމަރަފުށިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ A 1/2024)
- ތިމަރަފުށިން ބަންޑާރަ ގޯއްޗަށް އެދޭ ފޯމް (ކެޓަގަރީ B 1/2024)
- ތިމަރަފުށިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު
ފޯމްދޫކުރުމާއި ބަލައިގަތުން އޮންނާނީ ތިރީގައި މިވާ ގޮތުގެ މަތިންނެވެ.
ހަރަކަތް |
ގަޑި |
ތާރީޚް |
ގޯއްޗަށް އެދޭ ފޯމް ދޫކުރުން އަދި ބަލައިގަތުން |
ހެނދުނު 9.00ން 12.00 އަށް |
1 އޮކްޓޫބަރ 2024 ން 31 އޮކްޓޫބަރ 2024 ގެ ނިޔަލަށް (ބަންދު ނޫން ކޮންމެ ދުވަހަކު) |
ތިމަރަފުށިން މި ބުރުގައި ދޫކުރުމަށް ހަޖެހިފައިވާ 100 ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގޯއްޗަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު މިއިދާރާގެ "ތިމަރަފުށިން ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްކުރާ ކޮމިޓީ" އިން ބަލައި ޗެކްކުރުމަށްފަހު އެންމެ ގިނަ މާރކްސް ލިބޭ ފަރާތަކަށެވެ.