ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)182-FRP/182/2024/29
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 11:37
ސުންގަޑި: 17 އޮކްޓޫބަރު 2024 00:00
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުސޫލު ބަޔާންކުރާ ގަވާއިދާ ގުޅޭ

ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު)ގެ ދަށުން 18 ސެޕްޓެންބަރު 2024ގައި ގެޒެޓްކުރި 'ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ރަޖިސްޓަރީކޮށް ލައިސަންސް ދޫކުރުމުގައި ޢަމަލުކުރާނެ އިންތިޤާލީ އުސޫލު ބަޔާންކުރާ ގަވާއިދު' އާއި އެކު އާއްމުކޮށްފައިވާ 'ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތައް ޢަމަލުކުރަންޖެހޭ ގޮތުގެ މިންގަނޑު"ގައި ކާބޯތަކެތި ޚިދުމަތްދޭ ތަންތަން (ހޮޓާ، ކެފޭ، ރެސްޓޯރެންޓް) ރަޖިސްޓްރީ ކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާނީ "ވަންގަވް"  ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ބުނެފައިވަނީ ކުރިއަށް އޮތްތާންގައި އެމަސައްކަތް ކުރަމުންދާނީ އެޕްލެޓްފޯމް މެދުވެރިކޮށްކަމުން ކަމަށްވާތީ އެވެ. މިގޮތުން އެޕްލެޓްފޯމް ރަށްރަށުގައި  ބޭނުންކުރެވޭނެގޮތް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ވީމާ، އެޕްލެޓްފޯމް ރަށްރަށުގައި ބޭނުންކުރުމުގެ މަސައްކަތް ފެށެންދެން ކާބޯތަކެތި ޚިދުމަތްދޭ ތަންތަން (ހޮޓާ، ކެފޭ، ރެސްޓޯރެންޓް) ރަޖިސްޓްރީ ކުރުމާއި ހުއްދަ ދިނުމުގެ މަސައްކަތް ކުރަމުންދާނީ އެރަށެއްގެ ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލް ނުވަތަ މަރުކަޒުގެ ބެލުމުގެ ދަށުންނެވެ.

ވީމާ، މި ކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 3014361 އަށް އަދި ރަސްމީ ނޫން ގަޑީގައި ނަމަ 7603204 ގުޅުއްވުން އެދެމެވެ.

19 ރަބީޢުލް އައްވަލު 1446ހ.

22  ސެޕްޓެންބަރު  2024މ.

24 ސެޕްޓެންބަރު 2024