ބީލަން
ނަންބަރު: (IUL)309-ESM/309/2024/121
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި:
01 އޮކްޓޫބަރު 2024 13:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު – ދަނޑުވެރިކަން ކުރުމަށް ކުލީބިން ދޫކުރުމަށް ހުޅުވާލުން
- ރ.އިނގުރައިދޫގައި ދަނޑުވެރިކަން ކުރުމުގެ މަސައްކަތް ކުރުމަށް ކުލީ ބިމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމަށް ހުޅުވާލަމެވެ.
- ބިމުގެ އަދަދު: 3 ދަނޑުބިން.
- ބިމުގެ ބޮޑުމިން:
50x100 (5000 އަކަފޫޓް)
60x84 (5000 އަކަފޫޓް)
50x100 (5000 އަކަފޫޓް)
- ބިން ދޫކުރާ މުއްދަތު: 05 (ފަހެއް) އަހަރު ދުވަސް.
- ބިމު ކުލި: އަކަފޫޓަކަށް 0.05ރ (ފަސް ލާރި) އަށްވުރެ ކުޑަނޫން އަދަދަކަށް.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 01 އޮކްޓޫބަރު 2024 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަމުގައި ބައިވެރިވުމަށް މި އިދަރާގައި ރަޖިސްޓްރީ ކުރެވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ކުރަން އެދޭފޯމު އިނގުރައިދޫ ކައުންސިލްގެ އިދާރާއިން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ.
- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 03 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
- މި ބީލަމުގެ ޕްރީ ބިޑް މީޓިން އޮންނާނީ 07 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު 13:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 10 އޮކްޓޫބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:15ގައި އިނގުރައިދޫ ކައުންސިލްގެ އިދާރާގައެވެ.
- ކުލީ ބިންތައް ހިމެނޭ ޗާޓް:
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 ސެޕްޓެންބަރު 2024