ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމުގެ މަސައްކަތްކޮށްދިނުމަށް ވެންޑާރ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 29 ވާ އާދިއްތަ ދުވަހުގެ 11:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން ވެންޑަރ ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް އަދި އިޢުލާމާއެކު ދެވިފައިވާ އިރުޝާދުގައި ހުށަހަޅަން އެދިފައިވާ ލިޔެކިޔުންތައް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.
މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.