ނީލަން
ނަންބަރު: HMC-A1/2024/15
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 20:24
ސުންގަޑި: 05 އޮކްޓޫބަރު 2024 15:00
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހުޅުމާލެ މެޖިސްޓްރޭޓު ކޯޓުގައި ހުރި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުން

މި ކޯޓުގެ ނަންބަރު: HMC-A1/2024/13 (08 ސެޕްޓެމްބަރު 2023) އިޢުލާނާ ގުޅިގެން، 21 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގައި ބޭއްވުނު ނީލަންކިޔުމުގައި ނީލަން ނުކިޔައި ދޫކޮށްލާފައިވާ ތަކެތި އަލުން ދެވަނަ ފަހަރަށް ދުވަހު ނީލަން ކިޔުން 2024 އޮކްޓޯބަރު 05 ވަނަ ހޮނިހިރު ދުވަހުގެ 15:00 ގައި މި ކޯޓުގައި އޮންނާނެއެވެ.                 

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން 2024 އޮކްޓޯބަރ 03 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2024 އޮކްޓޯބަރ 07 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:00 އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބާންދު ނޫން 3 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 3350578 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2024