ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 374-C/2015/27
ޕަބްލިޝްކުރި ތާރީޚް: 08 ޖޫން 2015
ޕަބްލިޝްކުރި ގަޑި: 09:10
ސުންގަޑި: 21 ޖޫން 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މެޝިނަރީއާއި ފަރުނީޗަރ ގަންނަން

މިއިދާރާއަށް ބައެއް މެޝިނަރީއާއި ފަރުނީޗަރ ގަންނަން ބޭނުންވެއްޖެއެވެ. ގަންނަން ބޭނުންވާ ފަރުނީޗަރާއި މެޝިނަރީގެ ތަފުސީލު ބަޔާންކޮށްފައި މިވަނީއެވެ.

01- ފަރުނީޗަރ

   02 ހައިބެކް ޗެއަރ ފެބްރިކް ކަޅުކުލަ

   02 މީޑިއަމްބެކް ޗެއަރ ފެބްރިކް ކަޅުކުލަ

   04 ވައިޓްބޯޑު

   02 ފައިލިންގ ކެބިނެޓް

   04 ފައިލް ހަރުގަނޑު ލަކުޑި (ތަޅުލެވޭ)

   01 ފްލިޕްޗާޓް ހޯލްޑަރ

02- މެޝިނަރީ

   01 މަލްޓި މީޑިއަރ ޕްރޮޖެކްޓަރ

   01 ލެޕްޓޮޕް

   02 ކޮމްޕިއުޓަރ ސިސްޓަމް

   01 އެއަރކޯން 9000 ބީޓީޔޫގެ

   01 ނެޓްވާރކް ޓޫލް ކިޓް

   01 ބްލޯވަރ

   01 ރޯލް ނެޓްވާރކް ކޭބަލް

   01 ޑިޖިޓަލް ކެމެރާ

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ޖޫން 2015ވާ އާދީއްތަ ދުވަހުގެ 11:00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 24 ޖޫން 2015ވާ ބުދަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ 01 ގަޑިއިރުގެ ކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ފ.ނިލަންދޫ ކައުންސިލުން ގަންނަން ބޭނުންވާ ފަރުނީޗަރާއި މެޝިނަރީ ވިއްކުން އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

21 ޝަޢުބާން 1436

08 ޖޫން 2015