މަސައްކަތް
ނަންބަރު: (IUL)320-ADHR/320/2024/121
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 25 ސެޕްޓެންބަރު 2024 13:30
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭދަފުށި ބެޑްމިންޓަން ކަޕް 2024 މުބާރާތާ ގުޅިގެން ކައްކާ ކާންދިނުމުގެ މަސައްކަތުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

                މި ކައުންސިލްއާ ގުޅިގެން ރިވައިވަލް ސްޕޯޓް އޭދަފުށި އިން އިންތިޒާމުކޮށްގެން 2024 ސެޕްޓެމްބަރ 27 ން 2024 އޮކްޓޯބަރ 04 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ބެޑްމިންޓަން މުބާރާތުގެ 3 (ތިނެއް) ރެޕްރީންނަށް 3 އިރު ކައްކާ ކާން ދިނުމުގެ މަސައްކަތް، އަދި 15 (ފަނަރަ) މީހުންގެ ރޭގަނޑުގެ ކެއުން، މުބާރާތް ކުރިޔަށްދާ ތަނަށް ޑެލިވެރީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 25 ވާ ބުދަ ދުވަހުގެ 13.30 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ކައުންސިލް މެމްބަރ ޒައިދު އަލީ (7740374) އަށް ގުޅުއްވުން އެދެމެވެ.

23 ސެޕްޓެންބަރު 2024