ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)304-MS/304/2024/194
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 13 އޮކްޓޫބަރު 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޭގެ އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ގަސްތައް ކެނޑުމާޢި ބެހޭ

ގޭގެ އިމުން ބޭރަށް މަގުމައްޗަށް ނިކުމެފައިވާ ގަސްތައް ކެނޑުމާއި ބެހޭ

ރަށުގެ ބައެއް ގޭގޭގެ ގޯތި ތެރޭގައި ހައްދާފައިވާ ގަސްގަހުގެ އޮފިތައް، އާންމުންނާއި ދުއްވާ ތަކެއްޗަށް އުނދަގޫ ވާގޮތަށް، މަގުމައްޗަށް ނުކުމެފައިވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން މި އިދާރާއަށް ދަނީ ހުށަހަޅަމުންނެވެ. އެހެންކަމުން ގޭގޭގެ އިމުގެ ތެރޭގައި ހައްދާފައިވާ ގަސްގަހުން މަގަށް ނުކުމެފައިވާ އޮފިތަށް، މިއަދުން ފެށިގެން 21 (އެކާވީސް) ދުވަސް ތެރޭގައި، ( 2024 އޮކްޓޯބަރ 13) ގެ ކުރިން ކެނޑުމަށް އަންގަމެވެ. މިފަދައިން ޢަމަލު ނުކުރައްވާ ފަރާތްތަކަށް 2014/R-235 " ޢާއްމު އުނދަގުލާ ބެހޭ ޤަވާޢިދު" ގެ ދަށުން ޖޫރިމަނާކޮށް މި އިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެއެވެ.   

ވީމާ މިކަން އަންގާ އިޢުލާން ކުރީމެވެ. 

23 ސެޕްޓެންބަރު 2024